ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޝަރީޢާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު އިޞްލާޙުކުރުމާބެހޭ

ޝަރީޢާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު އިޞްލާޙުކުރުމާބެހޭ:

އޮތޯރިޓީގެ ގަވާއިދު ނަންބަރު:  54/R-2013 (ޝަރީޢާ އެޑްވައިޒަރުން ރަޖިސްޓަރީ ކުރުމާބެހޭ ގަވާއިދު) އަށް އޮތޯރިޓީއިން ހުށަހަޅާފައިވާ އިޞްލާޙުތަކާ ގުޅޭ ގޮތުން ދަންނަވަމެވެ.

އިސްލާމިކް ކެޕިޓަލް މާރކެޓް އިތުރަށް ފުޅާކޮށް ތަރައްޤީ ކުރުމަށްޓަކައި، ލައިސަންސް ލިބިގެން ހަރަކާތްތެރިވާ ޝަރީޢާ އެޑްވައިޒަރުން މިހާރަށްވުރެ އިތުރުކުރުމަކީ ކޮންމެހެން މުހިންމުކަމެއް ކަމަށް ފެންނާތީ، ލައިސަންސިންގެ ޝަރުޠުތައް މިހާރަށްވުރެ ފަސޭހަކޮށް އަދި ޤާނޫނީ ސަޙްސައްވެސް ލައިސަންސް ލިބޭގޮތަށް ގަވާއިދު އިޞްލާޙުކުރުމަށް ވަނީ ނިންމާފައެވެ.

ވީމާ، މި އިޞްލާޙުތަކަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު 12 ނޮވެންބަރު 2022 ގެ ނިޔަލަށް އާންމުކޮށް ހުޅުވާލަމެވެ. މި ގޮތުން، އިޞްލާޙުކުރަން ހުށަހަޅާ ބައިތަކުގެ ކަރުދާހެއް ތިރީގައިވާ ލިންކުން ޑައުންލޯޑްކުރެވޭނެކަމުގައި ދަންނަވަމެވެ.

https://cmda.gov.mv/en/downloads/consultation-paper-amendment-to-shariah-advisor-regulation

މި އިޞްލާޙުތަކަށް ހުށަހަޅާ ޚިޔާލު،  [email protected] އަށް އީމެއިލްކުރެއްވުމަށް ދެންނެވީމެވެ. 

 

 

07 ނޮވެންބަރު 2022
ހޯދާ