އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
ަފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއްފަރާތްތަކުން މޫދަށް ކުނިވާ ޒާތުގެ ކުނި އެޅުމާގުޅޭ

 

އިއުލާން

ގަވާއިދު ނަންބަރު:  2021/R-154 (ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ޙިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ޤަވާއިދަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ގަވާއިދު) ގެ ދަށުން "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދު" ގެ 5.3.3 ވަނަ މާއްދާ (ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ އުކާލެވޭނީ ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ (biodegradable) ތަކެއްޗެވެ. އަދި މިގޮތުން އުކާލެވޭ އަމިއްލައަށް ފަނާވެނެތިދާ ކުނި އުކާލަންޖެހޭނީ އަތޮޅުން ބޭރަށް ވަޔާއި އޮޔަށް ބަލައި ރަށްރަށަށް ނުލައްގާ ގޮތަށެވެ.) ވަނީ އުވާލެވިފައެވެ. އަދި، އެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރެވޭ ދުވަހުން (22 ނޮވެމްބަރ 2021) ފެށިގެން ޢަމަލުކުރަން ޖެހޭނެކަންވެސް ވަނީ ބަޔާންކޮށްފައެވެ.

އެހެންނަމަވެސް، ތިމާވެއްޓަށް އެންމެ ގެއްލުން ކުޑަވާގޮތަށް ކުނި މެނޭޖުކުރުމަށް އެކަށީގެންވާ މިންވަރަށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ނުދާކަން ފާހަގަކުރެވެއެވެ.

އެހެންކަމުން، މޫދަށާއި ކަނޑަށް ކުނި ކުނިއެޅުން ހުއްޓާލުމަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ޢަމަލުކުރެއްވުމަށް ފަތުރުވެރިކަމުގެ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކަށް އިލްތިމާސްކުރަމެވެ. އަދި، މޫދަށާއި ކަނޑަށް ކުނި ނައަޅާ ތިމާވެއްޓަށް އެންމެ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރުމަށް އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށް ދަންނަވަމެވެ.

07 ނޮވެންބަރު 2022
ހޯދާ