ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ކުޑަކަމުދާތަކެތި ޓެސްޓު ކުރުމަށް ހުޅުވާލުން

އަންދާސީހިސާބު ބޭނުންވެއްޖެ.

ޤާނޫނު ނަންބަރު 17/2011 (މަސްތުވާ ތަކެއްޗާބެހޭ ޤާނޫނު) ގެ 161 ވަނަ މާއްދާގައިވާ ގޮތުގެމަތިން، މަސްތުވާއެއްޗެއް ބޭނުންކުރިކަމުގެ ތުހުމަތުކުރެވޭ މީހެއްގެ ކުޑަކަމުދާ އެއްޗެހީގެ ސާމްޕަލް ހޯދައި، އެ ސާމްޕަލް ދެބަޔަށް ބަހައި، ދެވަނަބައިގެ ޓެސްޓް އެ ޤާނޫނުގެ ދަށުން މިއެޖެންސީން ހަދާ ގަވާއިދުގެ ދަށުން ހުއްދަކުރާ އިދާރާއަކުން ހަދަންޖެހޭތީ، 5 އަހަރު ދުވަހުގެ މުއްދަތަށް މަސްތުވާތަކެތީގެ މައްސަލަތަކާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނަގާ ކުޑަކަމުދާތަކެތި 5 އަހަރަށް ޓެސްޓް ކޮށްދިނުމަށް ޝައުޤުވެރިވާ އަމިއްލަ ފަރާތްތަކުން ހިންގާ ލެބޯޓްރީތަކަށް ފުރުޞަތު ހުޅުވާލަން މިއެޖެންސީން ބޭނުންވެގެން ކުރެވުނު ނަންބަރު IUL)434-A/1/2014/57)ފ(13 އޮކްޓޫބަރު 2014) އިޢުލާނަށް އެދެވިގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކުރުމަށްފަހު، އަލުން މި މަސައްކަތް 5 (ފަހެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި އޭޖެންސީއަށް (ގ.ގްރީންގެ /އަލިކިލެގެފާނުމަގު) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

17 ނޮވެންބަރު 2014

ހޯމަ

14:00 (މެންދުރުފަހުގެ)

އަންދާސީހިސާބު ހުށަހެޅުއްވުން

26 ނޮވެންބަރު 2014

ބުދަ

14:00 (މެންދުރުފަހުގެ)

17  މުޙައްރަމް  1436

10 ނޮވެންބަރު 2014
ހޯދާ