މާޅޮސްމަޑުލު ދެކުނުބުރީ ދޮންފަނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ދޮންފަނުގައި ފެނާއި ނަރުދަމާ ގާއިމްކުރުމުގެ މަޝްރޫއާއިގުޅޭ

ސުރުހީގައި ދަންނަވާފައިވާ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ފުރިހަމަކޮށް މިއިދާރާއަށް ހުށަހަޅަންޖެހެއެވެ. އިސްވެ ދެންނެވުނު އެޕްލިކޭޝަން ފޯމް ހުށަހެޅުމުގައާއި ބަލައިގަތުމުގައާއި އަދި ކަނެކްޝަން ލިސްޓް ފައިނަލް ކުރުމުގައި އަމަލު ކުރަންޖެހޭނީ މިކަމަށްޓަކައި މިހާރު އަމަލުކުރެވެމުންދާ ގަވާއިދު ނަންބަރ 2022/R-90 " މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ، ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން ، ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" އާއި އެއްގޮތަށެވެ. އަދި ފީއަކާނުލާ ފެން މީޓަރާއި ނަރުދަމާގެ ޖަންގްޝަން ( ކެޗްޕިޓް ) ގުޅައިދިނުމުގައި ބެލެވޭނީ މިގަވާއިދުގެ 5 ވަނަ ނަންބަރާއި ،6 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގިންތި ތަކުގެ މައްޗަށެވެ.

             ވީމާ މިގަވާއިދާއި އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށަހެޅުމުގެ ފުރުސަތު 06 ޖެނުއަރީ 2023 ވާ ހުކުރު ދުވަހުގެ އޮފީސް ބަންދުވުމާއި ހަމައަށްވަނީ ހުޅުވާލެވިފައެވެ. މިއިޢުލާނާއިއެކު އެޕްލިކޭޝަން ފޯމް އަދި ގަވާއިދު ނަންބަރ 2022/R-90 " މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ، ފެނާއި ނަރުދަމާ މަޝްރޫއުގެ ދަށުން ، ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ ކޮޕީ އެއްކަރުދާސްކުރެވިފައިވާނެ ވާހަކަ އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                          

06 ނޮވެންބަރު 2022
ހޯދާ