ދިވެހިރާއްޖެ
ނަންބަރު: MHCL-P/OPE/2022/1(IUL)
އިޢުލާން
މޯލްޑިވްސް ޙައްޖުކޯޕަރޭޝަނަށް ޓެބްލެޓް ފޯރުކޮށްދެއްވާނެ ފަރާތެއް ބޭނުންވެއްޖެ
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ މަސައްކަތަށް ބޭނުމަށް 06 ޓެބްލެޓް ފޯރުކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް:
މިބީލަމާގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.
އަންދާސީ ހިސާބު ބަލައިގަތުމާ ހުޅުވުން:
ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 14 ނޮވެމްބަރު 2022 ވާ ހޯމަ ދުވަހުގެ އެގާރ ގަޑި ސުންމިނެޓު (11:00) ގައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް (މ.ފުރަންކަރަ، 02 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) ގެ އޮފީހުގައި ބީލަމުގައި ބައިވެރިވެލައްވާ ބޭފުޅުންގެ ޙާޟިރުގައެވެ.
އަންދާސީ ހިސާބު ބަލައިގަތުމަށް ކަނޑައަޅާފައިވާ ގަޑި ޖެހުމުގެފަހުން ވަޑައިގަންނަވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާނަމަ، 10 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.