މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީ އަށް ސައިކަލެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                            

                                           ނަންބަރު: IUL10-F/10/2022/170

އިޢުލާން

 މި މިނިސްޓްރީ އަށް ސައިކަލެއް ހޯދުން

                 މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނޭޝަނަލް ރީ-އިންޓަރގްރޭޝަން ސެންޓަރުގެ ބޭނުމަށް މި މިނިސްޓްރީއަށް ސައިކަލެއް ވިއްކާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL10-F/10/2022/165 (25  އޮކްޓޯބަރ 2022) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ އެ އިޢުލާން ބާޠިލް ކޮށް އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

                މި އިޢުލާނާއެކު މި މަސައްކަތަށް ކުރިމަތިލައްވާ ފަރާތްތަކުން ހުށަހަޅުއްވަންޖެހޭ އަންދާސީހިސާބު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ޝީޓު ހިމަނާފައިވާނެއެވެ. އަދި މި މަޢުލޫމާތު ޝީޓުގައި މި މަސައްކަތުގެ އިތުރު ތަފުޞީލާއި މި މަސައްކަތަށް ހޮވާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް ބަޔާންކޮށްފައިވާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުން

                 ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، 14 ނޮވެންބަރު 2022 ވާ ހޯމަ ދުވަހުގެ 11:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

                 

 

06 ނޮވެންބަރު 2022
ހޯދާ