ދިވެހިރާއްޖެ
އިޢުލާން
އަރިއަތޮޅު ދެކުނުބުރީ އޮމަދޫ އައުޓްޑޯ ޖިމްގެ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުން
އަންދާސީ ހިސާބު ހުށައެޅުމުގެ ދަޢުވަތު:
މިރަށު އައުޓްޑޯ ޖިމްގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ބިޑް ރަޖިސްޓްރީ ކުރުން
މި ބީލަމުގައި ބައިވެރިވުމަށް، ޝަރުޠުހަމަވާ އަދި ޝައުޤުވެރިވާ ފަރާތްތަކުން، 2022 ނޮވެމްބަރ 7 ވާ ހޯމަ ދުވަހުން ފެށިގެން
2022 ނޮވެމްބަރ 15 ވާ އަންގާރަ ދުވަހުގެ 12:00 ގެ ނިޔަލަށް ތިރީގައިވާ ލިންކް މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެދޭ ފޯމް
ފުރިހަމަ ކުރުމަށްފަހު ފޮނުއްވުމަށް އެދެމެވެ. ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަންފޮތް މެއިލް މެދުވެރިކޮށް ފޮނުވޭނެވާހަކަ ދަންނަވާލަމެވެ.
ރަޖިސްޓަރީވުމަށް: https://forms.office.com/r/vzbL4xxMD6
މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ
ފަރާތްތަކަށެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ އުމުރުން 18 އަހަރު ފުރިހަމަވެފައިވާ ބޭފުޅުންނަށެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ، އެމީހަކު ބަދަލުގައި
ފޮނުވާކަން އެނގޭނެފަދަ ލިޔުމެއް ގެންނަންވާނެއެވެ. ކުންފުންޏެއް ނަމަ، ކުންފުނީގެ ލެޓަރ ހެޑްގައި ފޮނުވާ މީހާގެ ވަނަވަރު އެނގޭނޭ ގޮތަށް
ލިޔެފައި ފޮނުވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރެޖިސްޓަރ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
ޕްރީ ބިޑް މީޓިންގ
މި ބީލަމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 ނޮވެމްބަރ 15 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި ކައުންސިލް
އިދާރާގެ މީޓިންގ ރޫމްގައެވެ.
ބިޑް ހުށަހެޅުން
މި މަސައްކަތުގެ ބީލަން ހުށަހެޅުން އޮންނާނީ 2022 ނޮވެމްބަރ 21 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގެ ކުރިން އަރިއަތޮޅު ދެކުނުބުރީ އޮމަދޫ
ކައުންސިލް އިދާރާއަށެވެ. 2022 ނޮވެމްބަރ 21 ވާ ހޯމަ ދުވަހު ހެނދުނު 10:00 ގެ ފަހުން ބީލަން ހުށަހަޅާ ފަރާތްތަކުގެ ބީލަން ބަލައި
ނުގަނެވޭނެކަން އަންގަމެވެ. ބީލަން ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އެ ނޫން ގޮތަކަށް ހުށަހަޅާ ބީލަން ބަލައި ނުގަނެވޭނެ
ވާހަކަ ދަންނަވަމެވެ.
ބިޑް ހުޅުވުން
މި މަސައްކަތުގެ ބިޑް ހުޅުވުން އޮންނާނީ 2022 ނޮވެމްބަރ 21 ވާ ހޯމަ ދުވަހު ހެނދުނު 10:05 ގައި އަރިއަތޮޅު ދެކުނުބުރީ އޮމަދޫ ކައުންސިލް
އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.
ކުރަންޖެހޭ މަސައްކަތްތައް:
- އައުޓްޑޯރ ޖިމްގެ ސައިޓް ތައްޔާރުކުރުން.
- ބުޑު އެޅުން، ޕޭވްމެންޓް އެޅުން އަދި ކާރބް ސްޓޯން އެޅުން.
- އައުޓްޑޯރ ޖިމްގެ ތަކެތި އިންސްޓޯލްކުރުން.
- ފްލޯ ޕެއިންޓް ކުރުން އަދި ފިނިޝިންގެ މަސައްކަތް ކުރުން.
މަތީގައި ބަޔާންކޮއްފައިވާ މަސައްކަތްތަށް ކުރަންވާނީ ޔޫތް މިނިސްޓްރީއިން ހުށައަޅާފައިވާ ކުރެހުމާއި މިންތަކާއި އެއްގޮތަށެވެ. ރެޖިސްޓްރީވާ ފަރާތްތަކަށް
ކުރެހުން މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ނޯޓް: މެއިލް މެދުވެރިކޮށް ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.