ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިއޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މިވަގުތު މިއޮފީހުގައި ހުރި ހުސް މަޤާމުތައް:

1. މަޤާމުގެ ނަން

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

އެސިސްޓެންޓް ޑިރެކްޓަރ

ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމު ސެކްޝަން/ (އޮޑިޓް އެންޑް ކޮމްޕްލަޔަންސް ޔުނިޓް)

1 (އެކެއް)

-/7,035 ރުފިޔާ

-/2,000 ރުފިޔާ

 3,165/75 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ސަރުކާރުގެ އޮފިސްތަކުގެ މެނެޖްމަންޓް އޮޑިޓް/ ސްޕޮޓް އޮޑިޓް ކުރުމާއި، ސަރުކާރުގެ އޮފީސްތަކުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާމެދު ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ޢާންމުކުރައްވާ އޮޑިޓް ރިޕޯޓުތަކާ ގުޅިގެން މިއޮފީހުން ކުރަންޖެހޭ ކަންކަން ކުރުން.

2. މަޤާމުގެ ނަން

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

އެސިސްޓެންޓް ޑިރެކްޓަރ

ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ސެކްޝަން/ (ރެގިއުލޭޓަރީ ރިފޯމް ޔުނިޓް)

1 (އެކެއް)

-/7,035 ރުފިޔާ

-/2,000 ރުފިޔާ

 3,165/75 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ދައުލަތުގެ އިދާރީ ހިންގުމާ ގުޅޭގޮތުން ހަދަންޖެހޭ ޤަވާޢިދުތަކާއި އުސޫލުތައް ހެދުމާއި، ދައުލަތުގެ އިދާރީ ހިންގުމާގުޅޭ ގޮތުން އެކުލަވައިލެވިފައިވާ ގަވާއިދުތަކާއި އުސޫލުތައް މުރާޖަޢާކުރުމާބެހޭގޮތުން މަރުކަޒީ ފެންވަރުގައި މިއޮފީހުން ކުރަންޖެހޭ ކަންކަން ކުރުން.

3. މަޤާމުގެ ނަން

ސެކްޝަން:

ބޭނުންވާ އަދަދު:

އަސާސީ މުސާރަ:

ސަރވިސް އެލަވަންސް:

ޚާއްޞަ އެލަވަންސް:

ލިވިންގ އެލަވަންސް:

އެސިސްޓެންޓް ޑިރެކްޓަރ

ޕަބްލިކް އެޑްމިނިސްޓްރޭޝަން ރިފޯމް ސެކްޝަން/ (މޮނިޓަރިންގ އެންޑް ރިވިއު ޔުނިޓް)

1 (އެކެއް)

-/7,035 ރުފިޔާ

-/2,000 ރުފިޔާ

 3,165/75 ރުފިޔާ (އަސާސީ މުސާރައިގެ %45)

-/2,500 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

- ސަރުކާރުގެ އޮފިސްތައް އުފައްދަވާފައިވާ މަޤުޞަދުތައް ހާސލުވަމުންދާ މިންވަރު ބެލޭނެ ނިޒާމެއް ޤާއިމުކޮށް ހިންގުމާއި، އެ އިދާރާތަކުން ފޯރު ކޮށްދޭންޖެހޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.

މަތީގައިވާ މަޤާމުތަކުގެ ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ،

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

 ހުށަހަޅަންޖެހޭ ތަކެތި:

  1. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު".
  2. ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

މި މަޤާމުތަކަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު، 17 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، މިއޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަޤާމުތަކަށް އިންޓަރވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓު ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަޤާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަޤާމުގެ ނަން ސާފުކޮށް އެނގޭގޮތަށް ޔުނިޓާއެކު ޖެއްސެވުން އެދެމެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މިއޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެން ހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv  އެވެ.

17 މުޙައްރަމް 1435

10 ނޮވެންބަރު 2014
ހޯދާ