ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނީލަން ކިޔުން

     އަލަށް ގޯތި ދޫކޮށްފައިވާ ޞަރަޙައްދުގެ ގޯތިތަކުގެ ކަރަންޓް ވިއުގަ އެޅުމަށްޓަކައި ދަތިވެގެން ނާރެސްމަގާއި ކައްޕީނި މަގުން ކަނޑާފައިވާ ބައެއް ރުއްގަހުގެ ނީލަން ކިއުން 06 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ މެންދުރު ފަހު 13.30 ގައި އޮންނާނެއެވެ. ނީލަމަށް ހާޒިރުވާނީ ކައްޕީނި މަގުގެ ( ކުރީގެ ވަތަނިއްޔާ އެންޓަނާ )ދެކުނު  ކޮޅަށެވެ.  

     މިނީލަމުގައި ވާހައި ގިނަ ފަރާތްތަކަކުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މިއިދާރާގެ އެދުމެކެވެ. ނީލަމުން ނަންގަވާ ރުއްގަހުގެ އަގު ވަގުތުން އަދާ ކުރައްވަން ޖެހޭނެއެވެ. ވަގުތުން އަގު އަދާ ނުކުރައްވާ ނީލަންތައް ކެންސަލްކޮށް އަލުން ނީލަން ކިޔޭނެއެވެ. 

     ނީލަމުން ނަންގަވާ ރުއް 01 ދުވަހުގެ ތެރޭގައި ގެންދަވަންވާނެއެވެ. 1 ދުވަހުގެ ތެރޭގައި ނުގެންދަވާ ރުއްގަސް ބޭނުންނެތީކަމުގައި ބަލައި އުކައިލެވޭނެއެވެ.

     މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

06 ނޮވެންބަރު 2022
ހޯދާ