މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު މެޖިސްޓްރޭޓްކޯޓް
ދިވެހިރާއްޖެ
މަސައްކަތާއިގުޅޭ ނޯޓިސް

މަސައްކަތާއިގުޅޭ ނޯޓިސް

 

ނޯޓިސް ނަންބަރު: E7C-A/N/2022/01

މި ކޯޓުގެ ބައެއް ލަކުޑި ކުޑަދޮރުތައް ނައްޓުވާ، ބައެއް ތަންތަން ރާނާ ސިމެންތިޖަހާ ކުލަލާ، މި ކޯޓުންދޭ ތިންކަނީގެ ފަސް އެލްމެނިއަމް ކުޑަދޮރު ހަރުކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

            މި ކޯޓުގެ 7 ލަކުޑި ކުޑަދޮރު (ތިންކަނީގެ ތިނެއް އަދި ހަތަރުކަނީގެ ދެ ކުޑަދޮރު) ނައްޓުވާ، އެތަނުން ދެ ކުޑަދޮރު ހުރި ތަން ރާނާ ސިމެންތިޖަހާ ކުލަލާ، މި ކޯޓުންދޭ ތިންކަނީގެ ފަސް އެލްމެނިއަމް ކުޑަދޮރު ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

             ނޯޓިސް އާއި ގުޅޭ މަޢުލޫމާތު ޝީޓު އެޓޭޗްކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ މި ކޯޓުގެ މެއިލް އެޑްރެސް [email protected] އަށް 07 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މެއިލްކުރުން އެދެމެވެ.

             މި ކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ކޯޓޭޝަން ހުށަހެޅުއްވުން ނުވަތަ [email protected] އަށް ކޯޓޭޝަން މެއިލްކުރެއްވުން އެދެމެވެ.             

 

02 ނޮވެމްބަރ 2022

02 ނޮވެންބަރު 2022
ހޯދާ