ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އ. މެޑިކަލް ރެކޯޑް އޮފިސަރ

ބޭނުންވާ ޢަދަދު: 01 ( އެކެއް )

އ. މެޑިކަލް ރެކޯޑް އޮފިސަރ

މަޤާމު:

ސަރވިސް އެލަވަންސް: 1500.00 ރުފިޔާ

4465.00 ރުފިޔާ

މުސާރަ:

 މަސައްކަތް ކުރަންޖެހޭ ތަން: ޅ. އަތޮޅު ހޮސްޕިޓަލް

-          އޮފިސަރ ގްރޭޑް 1

-          ޖީ އެސް 3

ކްލެސިފިކޭޝަން / ރޭންކް

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.  

ޝަރުޠު:

- ރައްކާތެރިކަމާއެކު ހޮސްޕިޓަލްގެ މެޑިކަލް ރެކޯރޑްސްތައް ބެލެހެއްޓުން.

- ފަސޭހައިން ހޯދޭފަދަ އިންތިޒާމެއްގެ ދަށުން މެޑިކަލް ރެކޯރޑްސްތައް ބެލެހެއްޓުން.

- މިނިސްޓްރީ އޮފް ހެލްތަށް ފޮނުވަންޖެހޭ މެޑިކަލް ރެކޯރޑްސްއާ ބެހޭ ރެކޯރޑްތައް ކަނޑައެޅިފައިވާ ޤަވާޢިދާއި އެއްގޮތަށް ފޮނުވުން.

-އަތޮޅު ތެރެއިން ހޯދަން ޖެހޭ މެޑިކަލް ރެކޯޑްސްތައް އަތޮޅު ތެރެއިން ހޯދައި ރައްކާތެރިކަމާއެކު ބެލެހެއްޓުން.

- ހޮސްޕިޓަލްގެ މެޑިކަލް ރެކޯރޑްސް ސިސްޓަމް ހިނގާ ނުހިނގާގޮތް ބަލައި އިސްވެރިންގެ ލަފާގެ މަތިން ތަރައްޤީކުރުމަށް މަސައްކަތް ކުރުން.

- ދުވަހުން ދުވަހަށް ހޮސްޕިޓަލް އިންފޮރމޭޝަން ސިސްޓަމްގެ ބެކަޕް ނަގައި ބެލެހެއްޓުން.

- ހޮސްޕިޓަލް އިންފޮރމޭޝަން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ ވަގުތުން ވަގުތަށް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކޮށް މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރުން.

- މެޑިކަލް ރެކޯރޑްސްއާބެހޭ ޑެއިލީ ރެކޯރޑްސް ދުވަހުން ދުވަހަށް ތައްޔާރުކޮށް ބެލެހެއްޓުން.

- މެޑިކޯ ލީގަލް ކޭސްތަކަށް ބޭނުންވާ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ފައިލްކޮށް ބެލެހެއްޓުން.

- ސަރުކާރުގެ އެކި ދާއިރާތަކަށް ފޮނުވަންޖެހޭ ތަފާސްހިސާބުތައް ކަނޑައެޅިފައިވާ ގޮތުގެމަތިން ފޮނުވުން.

- ނުރައްކާތެރި ބަލިބައްޔާއި ނޮޓިފައިބަލް ޑިޒީޒް ގަވާއިދުން ހެލްތު ޕްރޮޓެކްޝަން އެޖެންސީއަށް ފޮނުވަމުންދޭތޯ ދުވަހުން ދުވަހަށް ބަލައި ސްޕަރވައިޒްކުރުން.

- އެއްވެސް ކަހަލަ ރޯގާއެއް އުޅޭނަމަ އެކަމާބެހޭ ރިޕޯޓުތައް ތައްޔާރުކޮށް ފޮނުވުމުގައި އިސްވެރިންނަށް އެހީތެރިވުން.

- ހޮސްޕިޓަލްގައި ބޭނުންކުރާ މެޑިކަލް ރެކޯރޑްސް ހިމެނޭ ސޮފްޓްވެއަރތައް ބޭނުންކުރާ ފަރާތްތަކަށް އެހީތެރިކަން ދިނުމާއި އެމަސައްކަތް ކުރާ މުވައްޒަފުން ޗުއްޓީ ނުވަތަ ސަލާމުގައި ތިބި ނަމަ އެމަސައްކަތްތައް ކުރުން.

- މެޑިކަލް ރެކޯޑްސް އަށް ބޭނުންވާ ފޯމެޓްތައް ކަމާ ގުޅޭ ސެކްޝަންތަކުގެ ޚިޔާލާއި ލަފާގެ މަތިން ތައްޔާރުކޮށް ޚިދްމަތަށް ދަތިނުވާނެ ގޮތުގެމަތިން ހުސްވިޔަނުދީ ބެލެހެއްޓުން.

- ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ހޮސްޕިޓަލްގެ އެކިދާއިރާތަކަށް ތަފާސްހިސާބުދިނުން.

- މީގެ އިތުރުންވެސް މެޑިކަލް ރެކޯރޑްސް އާއި ގުޅުންހުރި މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް:

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި ބަންދުދުވަހެއްގައި މަސައްކަތް ކުރަންޖެހިއްޖެނަމަ ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް.

އިތުރު ޢިނާޔަތްތައް:

- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާއާއި، ފެންވަރާއި، ހުނަރު، ޤާބިލުކަމާއި ސިފަތަކަށް ބަލައި އިންޓަވިއު އިން އެންމެމަތީ މާކްސް ހޯދާ މީހެކެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ފޯމު ޅ. އަތޮޅު ހޮސްޕިޓަލްގެ ކައުންޓަރުންނާއި އަދި ސިވިލްސަރވިސް ކޮމިޝަންގެ www.csc.gov.mv ވެބްސައިޓުން ލިބެންހުންނާނެއެވެ. )

- ވަޒީފާއަށް އެދި ހުށަހަޅުއްވާ ފަރާތުގެ އައި ޑީ ކާޑުގެ ކޮޕީއާއި ވަނަވަރު.

- ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިއެޓް ކޮށްފައިވާ ނުވަތަ އެކްރެޑިއެޓް ކޮށްދޭނެ ކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން ).

- ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިޔުންތައް.

- ސިވިލްސަރވިސް އަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއްނެތްކަމަށް އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ގޮތަށް ދޫކޮށްފައިވާ ލިޔުންތައް.

ހުށަހަޅުއްވަން ޖެހޭ ތަކެތި:

- މިމަޤާމަށް ކުރިމަތިލާ މީހުންނާއި އިންޓަރވިއު ކުރެވޭނީ ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.

- މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ މިމަޤާމަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރިޚުން ފެށިގެން 04 ހަފްތާގެ ތެރޭގައެވެ.

- އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަރވިއު ކުރުން:

- މިމަޤާމަށް  ކުރިމަތިލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމުގެ އެންމެފަހުގެ  ތާރީޚަކީ 20 ނޮވެންބަރު 2014 ދުވަހުގެ 15:00 އެވެ. ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ. އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ 6620048 ނަންބަރު ފޯނާއެވެ.

ސުންގަޑި އަދި އިތުރު މަޢްލޫމާތު

17 މުޙައްރަމް 1436

10 ނޮވެންބަރު 2014
ހޯދާ