ދިވެހިރާއްޖެ
އިޢުލާން
ގދ. ތިނަދޫ ހެރޓޭޖް ޕާރކް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިން ތަރައްޤީކުރުމަށްކޮންސެޕްޓް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯކިޔު، އަދި ޓެކްނިކަލް ސްޕެސިފިކޭޝަންސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން
ގދ. ތިނަދޫ ހެރޓޭޖް ޕާރކް ތަރައްގީ ކުރުމަށް ކަނޑައަޅާފައިވާ ބިން ތަރައްޤީކުރުމަށް ކޮންސެޕްޓް ޑިޒައިންކޮށް، ކުރެހުންތަކާއި، ބީއޯކިޔު، ޓެކްނިކަލް ސްޕެސިފިކޭޝަންސް އަދި ޓެންޑަރ ޑޮކިއުމަންޓްސް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު (IUL)415/415/2022/145 އިއުލާނު އަށް އެއްވެސް ފަރާތަކުން އަގު ހުށަހަޅާފައިނުވާތީ، އެ އިއުލާނު ބާތިލްކޮށް އަލުން އިއުލާންކުރަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ރަޖިސްޓަރ ކުރައްވާ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބިޑަށް ރަޖިސްޓަރ ކުރައްވާ ހުރިހާ ފަރާތްތަކަށް މެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ. ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 10 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 17 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:15 ގައި މިއިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 6841718 ނަންބަރާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
ރަޖިސްޓްރޭޝަން މުއްދަތު |
02 ނޮވެމްބަރ 2022 އިން 10 ނޮވެމްބަރ 2022އަށް |
|
|
ގދ.ތިނަދޫ ކައުންސިލްގެ އިދާރާ |
ބީލަން ހުށަހެޅުން |
17 ނޮވެމްބަރ 2022 |
ބުރާސްފަތި |
13:15 |
ގދ. ތިނަދޫ ކައުންސިލްގެ އިދާރާ |
02 ނޮވެމްބަރ 2022