ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފްގެ ރީޖަނަލް ފަޔަރ ސަރވިސްގެ ޚިދުމަތަށް ކޮންޓްރެކްޓް އުސޫލުން މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.
| 
 މަޤާމު:  | 
 އޮގްޒިލަރީ ފަޔަރމަން  | 
| 
 ސްޓޭޝަން  | 
 ދ. ކުޑަހުވަދޫ ފަޔަރ ސްޓޭޝަން  | 
| 
 މުސާރަ:  | 
 (މަހަކު) -/4465 ރުފިޔާ  | 
| 
 އެލަވަންސް:  | 
 (މަހަކު) -/1500 ރުފިޔާ  | 
| 
 ބޭނުންވާ އަދަދު:  | 
 3  | 
| 
 މަސައްކަތް ކުރަންޖެހޭ ތަން:  | 
 ދ. ކުޑަހުވަދޫ  | 
| 
 ފެންވަރު ނުވަތަ ޝަރުތު: 
  | 
 ގްރޭޑް 8 ގެ ފެންވަރު ހުރުމާއި، އިސްކޮޅުން 5 ފޫޓު 5 އިންޗި ހުރުން، އަދި ޖިސްމާނީ/ނަފްސާނީ ގޮތުން ފުރިހަމަ ޞިއްޙަތެއްގައިވާ މީހުންކަމުގައިވުމާއި، ޢުމުރުން 18 އަހަރުފުރި 35 އަހަރު ނުފުރޭ މީހުންކަމުގައިވުން. މީގެ އިތުރުން އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިންދޭ ޢިލްމީ އަދި ޢަމަލީ އިމްތިޙާނުންނާއި، މެޑިކަލް ޓެސްޓުން ފާސްވުން ހިމެނެއެވެ. މިވަޒީފާއަށް މީހުން ހޮވުމުގައި އެރަށެއްގެ ރަށްވެހިންނަށާއި، މިފަދަ މަސައްކަތުގެ ތަޖުރިބާއާއި ޓްރޭނިންގ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެއެވެ.  | 
| 
 ވަޒީފާގެ މައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު 
  | 
 އޮގްޒިލަރީ ފަޔަރމަނުންގެ މަސްއޫލިއްޔަތަކީ އެކިއެކި ހާދިސާ ތަކުގައާއި، ދިމާވާ ނުރައްކާތެރި ކަންކަމުގައި ރައްޔިތުންނާއި ގޯތިގެދޮރާއި މުދާ ސަލާމަތްކުރުމާއި، އަލިފާނުގެ ހާދިސާތައް ހިނގިޔަ ނުދިނުމަށް ރައްކާތެރިކަމުގެގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި އެހީތެރިވެދިނުމުގެ މަސައްކަތް ޢަމަލީގޮތުން ކުރުމެވެ. މީގެއިތުރުން އިމަޖެންސީ ހާލަތްތަކުގައި އުސް ތަންތަނަށް އަރައި އުޅެންޖެހުމާއި، ނުރައްކާތެރި ތަންތަނަށް ވަންނަންޖެހުމާއި، އަދި ނުރައްކާތެރި ތަކެތި އުފުލާ ގެންގުޅުމުގެ އިތުރުން ތަކެތި ނައްތާލަންޖެހުންވެސް ހިމެނެއެވެ.  | 
ވީމާ، މި މަޤާމުގެ ވަޒީފާއަށް އެދިލައްވާ ފަރާތްތަކުން ލިބިލައްވާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، އައި.ޑީ.ކާޑުގެ ކޮޕީ އަދި ގުޅޭނެ ފޯނު ނަންބަރު ޖައްސަވާ 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ނުވަތަ ދ.އަތޮޅު ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުއްވުން އެދެމެވެ.
އިތުރު މަޢްލޫމާތު ހޯއްދެވުމަށް 3322601 އެކްސްޓެންޝަން 4281 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
9 މުޙައްރަމް 1436
