ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޢާންމު ތަންތަނަށާއި މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދާއި، ވެލި ފުނިތަކާއި، ގައުފުނިތައް ނައްތާލުމާއިގުޅޭ؛

މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ޢާންމު ތަންތަނަށާއި މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދާއި، ވެލި ފުނިތަކާއި، ގައުފުނިތަކުގެ ސަބަބުން މަގުމަތީގައި ހިނގާބިގާވެ އުޅޭ ފަރާތްތަކާއި އެއްގަމުގެ އުޅަނދު ދުއްވާ ފަރާތްތަކުން އެކަމުގެ ޝަކުވާ އެކިގޮތްގޮތުން ކައުންސިލަށް ހުށަހަޅަމުންދާތީ، މިކައުންސިލްގެ ޤަވާއިދު ނަންބަރ 2013/R-2083 "ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު" ގެ ދަށުން އެފަދަ މައްސަލަތައް ބަލައި އެކަންކަމަށް ޙައްލު ހޯދުމަކީ ކައުންސިލުން ކުރަންޖެހޭ ކަމެއްކަމުގައި ދެކެމެވެ.

ވީމާ، ޢާންމު ތަންތަނަށާއި މަގުމައްޗަށް ދޫކޮށްފައިވާ އެއްގަމު އުޅަނދާއި، ވެލި ފުނިތަކާއި، ގައުފުނިތައް މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި މަގުން ނަގައި އެކަމުގެ ދަތިއުދަނގޫ ފިލުވައިދިނުމަށް އެންމެހައި ފަރާތްތަކަށް ނަޞޭޙަތްތެރިވެ އަންގަމެވެ. އަދި 15 ދުވަހުގެ ތެރޭގައި ނުނަގައިފިނަމަ މިކައުންސިލްގެ ޤަވާއިދު ނަންބަރ 2013/R-2083 "ޢާންމު ތަންތަނަށާއި މަގުމައްޗަށާއި ފަޅުތެރެއަށް ދޫކޮށްފައިވާ ތަކެތި ނެގުމާއިބެހޭ ޤަވާއިދު" ގެ 5 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން އެތަކެއްޗަކީ ދޫކޮށްފައިވާ ތަކެތި ކަމުގައި ކަނޑައަޅައި މިކައުންސިލުން އެތަކެތި ނާއްތާނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

02 ނޮވެންބަރު 2022
ހޯދާ