މަޤާމު:
|
އެސިސްޓަންޓް ޑިރެކްޓަރ (ވަގުތީ) (އެމް.އެސް 3)
|
ބޭނުންވާ އަދަދު:
|
1
|
މުއްދަތު:
|
1 އަހަރު
|
ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މުސާރަ:
|
7,035.00 ރުފިޔާ
|
ސާރވިސް އެލަވަންސް:
|
މަހަކު -/2,000 ރުފިޔާ
|
އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
ކ. މާލެ
|
ސެކްޝަން:
|
ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަން/ އެސެޓް އެންޑް ލައިބިލިޓީ މެނޭޖްމަންޓް ސެކްޝަން
|
މަޤާމުގެ ޝަރުޠު:
|
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
- މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެތެރޭގައި ފައިނޭންސް، މެނޭޖްމަންޓް ނުވަތަ އެކައުންޓިންގ ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު އިޞްލާޙު ކުރުމުގެ ރިވިއު ކޮމިޓީގައި ބައިވެރިވެ، ރިވިއު ކުރެވޭ ގަވާއިދަށް ގެނެވޭ ބަދަލުތައް މައިކްރޮސޮފްޓް ވޯޑް ފައިލުގައި އަޕްޑޭޓްކޮށް ބެލެހެއްޓުން. އަދި ރިވިއު ކޮމިޓީގެ ސެކްރެޓޭރިއެޓް ބެލެހެއްޓުން.
- ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނުގެ މަސައްކަތްތަކާއި ހިންގޭ ޕްރޮޖެކްޓުތަކުގެ ކުއަރޓަރލީ/ބައި-އެނުއަލް/އެނުއަލް ރިޕޯޓަށް ބޭނުންވާ މައުލޫމާތު އެއްކުރުމާއި ރިޕޯޓު ތައްޔާރުކުރުން
- އެސް.އޭ.ޕީ ލައިސަންސް އެގްރީމެންޓާއި، އެގްރީމެންޓުތަކާއި ގުޅޭ އިންވޮއިސްތަކުގެ އެންމެހައި ކަންތައްތަކުގައި އެސް.އޭ.ޕީ އާ ކޯޑިނޭޓްކުރުން
- ވޯލްޑް ބޭންކުގެ އެހީގައި ހިންގޭ ސްޓްރެންތްނިންގ އޮފް ދަ ޕަބްލިކް އެކައުންޓިންގ ސިސްޓަމް ޕްރޮޖެކްޓުގެ ދަށުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކޯޑިނޭޓްކުރުމާއި ވޯލްޑް ބޭންކް އަދި އެހެނިހެން އެހީދޭ ފަރާތްތަތަކަށް ފޮނުވަންޖެހޭ ލިޔުންތަކާއި ރިޕޯޓުތައް ފޮނުވުން
- ވޯލްޑް ބޭންކުގެ އެހީގައި ހިންގޭ ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ ދަށުން ޕަބްލިކް އެކައުންޓިންގ ސިސްޓަމް ހިންގުމަށް ކަނޑައެޅިފައިވާ ކޮމްޕޯނަންޓުގެ ދަށުން ކުރަންޖެހޭ މަސައްކަތްތައް ޕެންޝަން ޕްރޮޖެކްޓުގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓާއި ގުޅިގެން ކުރުން
- ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނަށް ބޭނުންވެގެން ބޭރުގެ މާލީ އެހީދޭ ޕްރޮޖެކްޓުތަކުގެ ދަށުން ހުޅުވާލެވޭ ޕްރޮކިއުމަންޓްގެ އެންމެހައި މަސައްކަތްތައް ކުރުން
- ބޭރުގެ މާލީ އެހީދޭ އިދާރާތަކުން ޓްރެޜަރީ އެންޑް ޕަބްލިކް އެކައުންޓްސް ޑިވިޜަނަށް، ފަންނީ އެހީ ދިނުމުގެ ގޮތުން ފޮނުވާ ކޮންސަލްޓަންޓުންގެ އެންމެހައި ކަންތައްތައް ކޯޑިނޭޓްކުރުން
|
އުޖޫރަ އާއި އިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރު ގަޑީގެ ފައިސާ
އެހެން ވަޒީފާއެއް އަދާކުރުން މަނާކުރުމުގެ ގޮތުން މުސާރައިގެ %35 އެލަވަންސެއްގެ ގޮތުގައި ދެވޭނެއެވެ.
|
މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:
|
- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައި ވުން.
- މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު
- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު
- SAP ސޮފްޓްވެއަރ ބޭނުންކުރަން އެނގޭމިންވަރު
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި) އަދި ޓްރާންސްކްރިޕްޓްތައް
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް
- މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ އިދާރާތަކުން ދޫކުރާ ލިޔުންތައް
- އެހެން ވަޒީފާއެއްގައި އުޅުއްވާ ބޭފުޅެއް ނަމަ، އަދި ސަރުކާރަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވިފައިވާ މުވައްޒަފެއްނަމަ، މި މިނިސްޓްރީގެ ވަޒީފާއަށް ހޮވިއްޖެނަމަ، މިހާރު ވަޒީފާ ޢަދާކުރައްވާ އޮފީހެއްގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.
|
ސުންގަޑި:
|
23 ނޮވެންބަރު 2014 (އާދީއްތަ) ދުވަހުގެ 14:30 ގެ ނިޔަލަށް.
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349335/3349171 ނަންބަރ ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުންގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފްތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލް އާއި އިމްތިހާން ކުރުން މިމިނިސްޓްރީގައި ބޭއްވޭނެއެވެ.
|