މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 2 އަށް އުނގަންނައިދޭ މުދައްރިސުންގެ ހިސާބު ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި އޮންލައިން މޮޑިއުލްތައް ތައްޔާރުކޮށް އޮރިއެންޓޭޝަން ދިނުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމަށް

މަސައްކަތް (ކޮންސަލްޓެންސީ)

(ޕްރޮކިއުމަންޓް ރިފަރެންސް: MV-MoE-324509-CS-CQS)

 

ދިވެހި ސަރުކާރުން ގްލޯބަލް ޕަރޓްނަޝިޕް ފޮރ އެޑިޔުކޭޝަން (ޖީ.ޕީ.އީ) ގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މޯލްޑިވްސް ލަރނިންގ އެޑްވާންސްމަންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް (ލޭމްޕް) ގެ ދަށުން، ފައުންޑޭޝަން ސްޓޭޖުން ފެށިގެން ކީ ސްޓޭޖް 2 އަށް އުނގަންނައިދޭ މުދައްރިސުންގެ ހިސާބު ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމަށްޓަކައި އޮންލައިން މޮޑިއުލްތައް ތައްޔާރުކޮށް އޮރިއެންޓޭޝަން ދިނުމަށްޓަކައި ކޮންސަލްޓެންޓެއް ހޯދުމަށް ވަނީ ހަމަޖެހިފައެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރު، އަދި މި މަސައްކަތަށް ހޮވޭ ކޮންސަލްޓެންސީ ފަރމްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މި އިޢުލާނާ އެއްކަރުދާސް ކުރެވިފައިވާ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މި ކޮންސަލްޓަންސީގެ މުއްދަތަކީ 3 މަސައްކަތު މަހެވެ.

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް އާއި އެކު ހުށައަޅަންޖެހޭ ލިޔުންތަށް:

  1. ސީ.ވީ
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  3. ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
  4. މަސައްކަތުގެ ތަޖުރިބާ ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ވޯލްޑް ބޭންކްގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޯރ އައި.ޕީ.އެފް ބޮރޯވާރސް (ޕްރޮކިއުމަންޓް އިން އިންވެސްޓްމެންޓް ޕްރޮޖެކްޓް ފައިނޭންސިންގް – ގުޑްސް، ވޯރކްސް، ނޮން-ކޮންސަލްޓިންގް އެންޑް ކޮންސަލްޓިންގ ސާރވިސާސް، ޖުލައި 2016 ރިވައިސްޑް ނޮވެމްބަރ 2017 އެންޑް އޮގަސްޓް 2018) ގެ ސެކްޝަން III ގެ ޕެރެގްރާފް 3.17 ގައި ބަޔާންކޮށްފައިވާ "ކޮންފްލިކްޓް އޮފް އިންޓްރެސްޓް" ޕޮލިސީއަށް ސަމާލުކަންދެއްވުން އެދެމެވެ. މީގެ އިތުރުން މި މަސައްކަތާއި ގުޅޭގޮތުން ތިރީގައި ބަޔާންކޮށްފައިވާ "ކޮންފްލިކްޓް އޮފް އިންޓެރެސްޓް" އަށް ރިޢާޔަތްކުރެއްވުން އެދެމެވެ.

3.17 – އެހެން ފަރާތަކަށް ކުރިން ކޮށްދެއްވި ނުވަތަ މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކާއިގުޅޭ ނުވަތަ ޚިދުމަތް ލިބިގަންނަ ފަރާތަށް އެންމެ ފައިދާހުރި ގޮތުގައި މަސައްކަތް ކުރިއަށް ނުގެންދެވޭފަދަ ހާލަތެއް މެދުވެރިވާ ކަމަކަށް ކޮންސަލްޓަންޓުން އައްޔަންކޮށްގެން ނުވާނެއެވެ. ތިރީގައި ބަޔާންކުރެވިފައިވާ ހާލަތްތަކުގައި، ކުރިން ބުނެވިދިޔަ ކަންކަމަށް ރިޢާޔަތް ކުރުމަކީ ލާޒިމް ކަމެއް ނޫނެއެވެ.

ކޮންސަލްޓަންޓުން (ތަޖުރިބާކާރުންނާއި މުވައްޒަފުން، އަދި ސަބް-ކޮންސަލްޓަންޓުން ހިމެނޭގޮތަށް)، އެއީ އެހީ ލިބުނު ފަރާތުގެ މުވައްޒަފަކާއި، ނުވަތަ ޕްރޮޖެކްޓް ކުރިއަށްގެންދާ ފަރާތާއި (އިމްޕްލިމެންޓިންގް އޭޖެންސީ)، ނުވަތަ ބޭންކުގެ މާލީ އެހީ ލިބޭ ފަރާތަކާއި، ނުވަތަ އެހީ ލިބުނު ފަރާތް ތަމްސީލްކޮށްދޭ ފަރާތްތަކުގެ ތެރެއިން ތިރީގައި އެއްވެސް ކަމެއްގައި ޝާމިލްވެފައިވާ ފަރާތްތައް:

     i. މި މަސައްކަތާގުޅޭ ޓީ.އޯ.އާރު އެކުލަވާލުން؛

     ii. މި މަސައްކަތަށް މީހުން ހޮވުމުގެ މަސައްކަތް؛ އަދި

     iii. ބުނެވިދިޔަ ފަދަ ހާލަތެއް މެދުވެރިވެފައިވާނަމަ، އެކަމެއް ބޭންކަށް ޤަބޫލުކުރެވޭފަދަ ގޮތަކަށް މި މަސައްކަތަށް މީހުން ހޮވުމާއި އަދި މަސައްކަތްކުރިއަށް ގެންދިއުމުގައި ޙައްލު ކުރެވިގެންމެނުވީ މި ކޮންޓްރެކްޓްގެ ދަށުން ކުރާ މަސައްކަތް ބެލެހެއްޓުމުގެ މަސައްކަތް (ސުޕަވައިޒްކުރުމުގެ މަސައްކަތް) ޙަވާލުނުކުރުން

 

ނޯޓް: މި ކޮންސަލްޓަންޓް އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ވޯލްޑް ބޭންކު ޕްރޮކިއަރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް، ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018" ގައި ވާ ގޮތުގެ މަތިންނެވެ.

 

މަސައްކަތަށް ކުރިމަތިލުމަށް ޝައުގުވެރިވާ ފަރާތްތައް މަޢުލޫމާތު ހޯދުމަށް ތިރީގައިވާ އީމެއިލްއަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 22 ނޮވެންބަރު 2022 ގެ މެންދުރު 14:00ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް، މަސައްކަތަށް ޝައުޤުވެރިވާކަމުގެ ލިޔުމާއެކު، ކޮންސަލްޓެންސީ ފަރމްއާއި ބެހޭ ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

ހުށަހަޅުއްވާ އެޕްލިކޭޝަން އެޑްރެސް ކުރައްވާނީ ތިރީގައިވާ ފަރާތަށް:

 

ޕްރޮޖެކްޓް ކޯޑިނޭޓަރ،

މޯލްޑިވްސް ލަރނިންގ، އެޑްވާންސްމެންޓް އެންޑް މެޝަމެންޓް ޕްރޮޖެކްޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

ވެލާނާގެ، 9 ވަނަ ފަންގިފިލާ، އަމީރު އަޙްމަދު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 3341160

އީ-މެއިލް: [email protected]

 

02 ނޮވެންބަރު 2022
ހޯދާ