ދަނގެތީ ސްކޫލް، އދ. ދަނގެތި
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ދަނގެތީ ސްކޫލް ސެކިޔުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ( ދެވަނަ ފަހަރަށް)

             2023ވަނަ އަހަރަށް މި ސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް ކުރި އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތި އަދި ގިނަ ފަރާތްތަކަކަށް ފުރުސަތުލިބި ވާދަވެރި މާހައުލެއް ހޯދުމަށް އިޢުލާން ބާތިލްކޮށް އަލުން ބީލަމަށް އެދި ހުށަހެޅުުމުގެ ފުރުސަތު ހުލުވާލަމެވެ.  

            މި މަސައްކަތަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

            ވީމާ، ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ، 02 ނޮވެމްބަރ 2022 ން 09 ނޮވެމްބަރ 2022ށް ބަންދުނޫން ކޮންމެ ދުވަހަކު 09:00. ން 12:00ށް މިސްކޫލަށް ވަޑައިގެން ނަންނޯޓު ކުރެއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މައުލޫމާތު ދިނުން

ދަނގެތި ސްކޫލް

09 ނޮވެމްބަރ 2022

ބުދަ

13:00

ބީލަން ހުށަހެޅުން

ދަނގެތި ސްކޫލް

16 ނޮވެމްބަރ 2022

ބުދަ

13:00

        އަދި ދަންނަވަމެވެ. ބީލަމުގައި ބައިވެރިވެވޭނީ  ބީލަމުގައި  ބައިވެރިވުމަށް ނަންނޯޓްކުރުމަށް ހުޅުވާލާފައިވާ މުއްދަތުގައި ނަންނޯޓް ކޮށްފައިވާ ފަރާތަކަށެވެ. އަދި ބިޑް ހުށަހަޅާއިރު ބަދަލުގައި ފޮނުވާ ފަރާތެއް ނަމަ އެފަރާތުގެ ލިޔުމަކާއިއެކު ބީލަމުގައި ބައިވެރިވެވޭނެ ކަމުގައި ދެންނަވަމެވެ.                                                  

މިމަސައްކަތާއިގުޅޭ ބީލަންފޮތް މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ..

އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ފޯން: 6680803   

 އީ-މެއިލް:  [email protected] 

07 ރަބިޢުލް އާޙިރް 1444

01 ނޮވެމްބަރ  2022  

01 ނޮވެންބަރު 2022
ހޯދާ