ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ފުވައްމުލަކު ސްކޫލްތަކުގެ މެދުގައި ބާއްވާ މަދަޙަ ކިއުމުގެ މުބާރާތުގެ ސްޓޭޖް ޑިޒައިންކޮށް ސްޓޭޖް ސެޓަޕް ހެދުމާއި، އަދި ސްޓޭޖްގެ ހޯލްގެ ލައިޓިންގ ހެދުމާއި، މުބާރާތް ނިމެންދެން ސައުންޑުގެ އެންމެހައި ކަންކަން ބަލަހައްޓައި، މުބާރާތުގައި ހުށަހަޅާ މަދަޙަތަކުގެ އޯޑިއޯ މާސްޓަރ ރެކޯޑިންގ އާއި، ވީޑިއޯ މާސްޓަރ ރެކޯޑިން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް މި އިޢުލާނާއި އެކު ގެޒެޓުގައި ޝާޢިއުކުރެވިފައިވާނެއެވެ.
މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 09 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި އީމެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 09 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 10 ނޮވެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862828، 6862829
އީމެއިލް: [email protected]