މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
'ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ' ޑިޒައިން ކުރުމުގެ މުބާރާތް

ދިވެހިރާއްޖޭގެ އުފެއްދުންތައް ކުރިއަރުވައި ޕްރޮމޯޓްކޮށް، އަދި ރާއްޖޭގެ އުފެއްދުންތަކަށް ހަމަ އަގު ލިބޭނެގޮތް ފަހިކުރުމުގެ ބޭނުމުގައި، ރާއްޖޭގެ އުފެއްދުމެއްކަން އަންގައިދޭ ނިޝާން، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ރާއްޖޭގެ އުފެއްދުންތަކުގައި ޖަހައިދެވޭނެ އުސޫލެއް ނުވަތަ ސެޓިފިކޭޝަން ސްކީމެއް ތަޢާރުފުކުރުމަށް މިމިނިސްޓްރީން ކުރަމުންދާ މަސައްކަތުގައި، މި ސްކީމުގައި ބޭނުންކުރެވޭނެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ލޯގޯ" ފަރުމާކުރުމުގެ މުބާރާތެއް ބޭއްވުމަށް ނިންމައި، މުބާރާތަށް ލޯގޯގެ ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު 30 ސެޕްޓެންބަރު 2014ގެ ނަންބަރު IUL)101-AF/1/2014/134) އިޢުލާނުން މިނިސްޓްރީން ވަނީ ހުޅުވާލާފައެވެ.

ނަމަވެސް، މި އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް ލޯގޯގެ ޑިޒައިން ލިބިފައިނުވާތީ، މި މުބާރާތަށް ލޯގޯ ޑިޒައިން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މި މުބާރާތުން އެއްވަނައަށްދާ ފަރާތަކަށް -/25,000 (ފަންސަވީސް ހާސް) ދިވެހިރުފިޔާގެ ފައިސާގެ އިނާމެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްވަނައަށްދާ ފަރަތެއްގެ ލޯގޯ، "ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް" ސެޓިފިކޭޝަން ސްކީމުގެ ލޯގޯގެ ގޮތުގައި ބޭނުންކުރެވޭނެއެވެ.

މި މުބާރާތުގެ ސުންގަޑިއަކީ 18 ނޮވެންބަރު 2014 އެވެ.

ވީމާ، މި ސްކީމުގެ ލޯގޯ ފަރުމާކުރުމަށް ޢާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

މި މުބާރާތުގެ ރޫލްސް އަދި ގައިޑްލައިންސް، އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު، މިމިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް، މިނިސްޓްރީގެ ނަންބަރު 3333199 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

09 ނޮވެންބަރު 2014
ހޯދާ