މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިރަށުގެ ފުޓްސަލް ދަނޑުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

 (IUL)307/INDIV/2022/74:ނަންބަރު                                                 

މިއިދާރާގެ ނަންބަރު (IUL)307/INDIV/2022/68 އިޢުލާނަށް، އެއްވެސް ފަރާތަކުން އިޖާބަދީފައިނުވާތީ އަލުން އިޢުލާންކުރަމެވެ.      

މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް މިރަށުގެ ފުޓްސަލް ދަނޑުގައި ކުރަންހުރި މަރާމާތުގެ މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުގުވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން މިއިއުލާނާއި އެޓޭޗްކުރެވިފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯރމް ފުރިހަމަ ކުރެއްވުމަށްފަހު އީ-މެއިލް: [email protected] އަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް މެއިލް ކުރެވޭނެއެވެ.
  2. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 2022 ނޮވެންބަރު 07 ވާ ހޯމަ ދުވަހުގެ 13:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.            
  3. މިޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުމެއް 2022 ނޮވެންބަރު 09 ވާ ބުދަ ދުވަހުގެ 13:00 ގައި މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލް އިދާރާގައި އޮންނާނެއެވެ.
  4. ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރ: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނުނު (ޤާނޫނު ނަމްބަރ 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
  5. ބީލަން ހުޅުވުން އޮންނާނީ 2022 ނޮވެންބަރު 14 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަން ރެޖިސްޓްރީ ވުމަށް އެދި ފޯރމު ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.
  7. ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ވާނަމަ 2022 ނޮވެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާނެއެވެ.
  8. މި ޕްރޮޖެކްޓާއި ގުޅިގެން ކުރަންހުރި މައިގަނޑު މަސައްކަތްތައް؛
  • ދަނޑުގެ ބިންގަނޑު އަޑިވެފައިވާ ތަންތަން ކާޕެޓް ނަގައި ލެވެލްކުރުން.
  • ދަނޑަށް ހިލަވެއްޔާއި ރަބަރު އެޅުން.
  • ބެންޗްތަކުގައި ހަލާކުވެފައިވާ ތަންތަން މަރާމާތު ކުރުން.
  • ގޯލަތައް މަރާމާތު ކުރުން.

   9. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ:

  • ކައުންސިލް އެގްޒެކެޓީވް – އިމްރާން ޝަރީފް
  • ފޯން: 9122102
  • އީމެއިލް: [email protected]

މިހެންވެ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

01 ނޮވެންބަރު 2022
ހޯދާ