ދިވެހިރާއްޖެ
އަންދާސީހިސާބު ހޯދުން
ހައިކޯޓަށް މީޑިއަމް ބެކް ޗެއަރ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން
ދިވެހިރާއްޖޭގެ ހައިކޯޓަށް 25 އެގްޒެކްޓިވް ޗެއަރ ( މީޑިއަމްބެކް) ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން 09 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު (މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރެވިފައިވާ މަޢުލޫމާތުތަކާއެކު) ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މަތީގައި ދެންނެވިފައިވާ ގަޑީގައި މިކޯޓުގެ މީޓިންގ ރޫމް 01 ގައެވެ.
މި މަސައްކަތަށް ބިޑްކުރައްވަން ބޭނުންފުޅުވާ ބިޑް ޑޮކިއުމެންޓްތައް މިކޯޓުގެ ވެބްސައިޓް https://highcourt.gov.mv/dhi/hcfiles/pressrelease/file_01112022092731.pdf
އިން ލިބެން ހުންނާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
07 ރަބީޢުލްއާޚިރް 1444
01 ނޮވެންބަރު 2022