މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކުރުން

މި އިދާރާގެ އިއުލާން ނަންބަރު (IUL)304-EDS/304/2022/11(17 ޖަނަވަރީ 2022) އިއުލާނާއި ގުޅިގެން ހުށަހެޅުއްވި ކުރެހުންތައް ބާތިލްކޮށް އަލުން މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލަމެވެ. ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން މިކައުންސިލުން އެންމެ ރަނގަޅު ލޯގޯއާއި ދިދައެއްގެގޮތުގައި ކަނޑައަޅާ ލޯގޯއާއި ދިދައަކަށް އިނާމެއްގެ ގޮތުގައި -/10،000 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ލޯގޯއާއި ދިދަ ފަރުމާކޮށް ހުށަހެޅުމާބެހޭ މައުލޫމާތު ކަރުދާސް މިއިއުލާނާއިއެކު އެއްކަރުދާސްކޮށްފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 01 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން ލޯގޯއާއި ދިދައިގެ ޑިޒައިން މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ލޯގޯއާއި ދިދަ ހުށަހަޅުއްވާނަމަ މިކައުންސިލްގެ އީމެއިލް  [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ.

01 ނޮވެންބަރު 2022
ހޯދާ