މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެގްޒަމިނަރުން ބޭނުންވެއްޖެ

          މި އިދާރާއިން ދޫކުރާ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓްކުރާނެ  އެގްޒަމިނަރުން ބޭނުންވެއްޖެއެވެ. މި މަސައްކަތަކީ އެހެން ވަޒީފާއެއްގައި އުޅެމުން ޕާޓްޓައިމްކޮށް ކުރެވިދާނެ މަސައްކަތެކެވެ.

 ބޭނުންވާ ޢަދަދު

  • ފިރިހެން އެގްޒަމިނަރުން: 2
  • އަންހެން އެގްޒަމިނަރުން:  2

ޝަރުތު

  • ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާޢީ ކުށެއްކޮށްފައިވާ މީހަކު ކަމުގައި ނުވުން.
  • ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 5 އަހަރު ދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.
  • އުމުރުން 55 އަހަރުނުވާ މީހެއްކަމުގައިވުމާއި، ރަނގަޅު ޞިއްހަތެއްގައި ހުރި މީހެއްކަމުގައި ވުން.
  • މުލަކަތޮޅު އަތޮޅު ކައުންސިލް އިދާރާގައި ވަޒީފާއަދާކުރާ މީހެއްކަމުގައި ނުވުން.
  • ޑްރައިވިންގ ސްކޫލެއްގައި މަސައްކަތްކުރާ މީހެއްކަމުގައި ނުވުން.

 

އުޖޫރަ

  • ޓެސްޓް ކުރާ ކޮންމެ A,A1 ކެޓެގަރީގެ އުޅަނދަކަށް -/15 ރުފިޔާ
  • އެހެނިހެން ކެޓެގަރީގެ ޓެސްޓް ކުރާ ކޮންމެ އުޅަނދަކަށް -/25 ރުފިޔާ
  •  

          ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ބޭފުޅުން 2022 ނޮވެމްބަރު 09 ވަނަ ދުވަހުގެ 13:30ގެ ކުރިން ވަނަވަރު އަދި ފޮލިސް ރިޕޯޓާއިއެކު ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

01 ނޮވެންބަރު 2022
ހޯދާ