މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހިނަވާގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ހިނަވާގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް ހިނަވާގެ މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. އެމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ޢާއްމުކޮށް ހުޅުވާލީމެވެ. މި ބިޑްގައި ރަޖިސްޓްރީ ކުރުމަށް 01 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުން ފެށިގެން 2022 ނޮވެމްބަރ 09 ވާ ބުދަ ދުވަހުގެ 11:00 ގެ ނިޔަލަށް މިއިދާރާއަށް ހާޝިރުވެ ބީލަންވެރިން ރެޖިސްޓަރ ކުރާ ޝީޓް ފުރުއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށްށެވެ.

 

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

10 ނޮވެމްބަރ 2022

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށައެޅުން

16 ނޮވެމްބަރ 2022

ބުދަ

11:00

 

މި ބީލަމަށް ކުރިމަތިލެވޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަމްބަރު 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.     

އިތުރު މަޢުލޫމާތު

އަގު

80%

މުއްދަތު

 15%  

މަސައްކަތުގެ ތަޖްރިބާ

5%

  

  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އަންދާސީ ހިސާބު ހުށައެޅުމަށް ހަމަޖެހިފައިވާ ދުވަހުގެ އެގަޑީގައި އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލީމެވެ. މަތީގައި ދެންނެވިފައިވާ ތާރީޚްތަކަށާއި ގަޑިތަކަށް ބަދަލެއް އަންނަނަމަ މިއިދާރާއިން އާންމުކޮށް އަންގާ އިޢުލާންކުރަމުން ގެންދާނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެއެވެ.

07 ރަބީޢުލްއާޙިރު    1444

01 ނޮވެމްބަރ     2022

01 ނޮވެންބަރު 2022
ހޯދާ