މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ނެޓްވާރކް ސްވިޗް ގަންނަން

މި އޮތޯރިޓީއަށް ތިރީގައި މި ދަންނަވާ ނެޓްވާރކް ސްވިޗް ގަންނަން ބޭނުންވެއެވެ.

  • 48 Port PoE Gigabit Managed Network Switch

SPECIFICATIONS FOR 48 PORT GIGABIT POE MANAGED SWITCH

Required item 48 Port PoE Gigabit Manageable Network Switch

Quantity: 3

Required Features:

- 48 Gigabit Ethernet Ports

- Both web and CLI managed

- MAC Addresses based port security

- VLAN assignments

- Port aggregation / trunking

- PoE support on all ports (excluding uplink ports)

- 2 to 4 10Gbps SFP+ uplink ports (SFP+ modules not required)

Delivery Period: 14 Days

Evaluation Criteria for Switch:

Price: 70%

Technical: 20%

Warranty: 10%

ވީމާ، މި ނެޓްވާރކް ސްވިޗް ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚުގައި މި އޮތޯރިޓީ (ދެވަނަ ފަންގިފިލާ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ތާރީޚު

ދުވަސް

ވަގުތު

އަންދާސީހިސާބު ހުށަހެޅުން

17 ނޮވެންބަރު 2014

ހޯމަ

14:00

 

 

އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:

- އަންދާސީހިސާބު ހުށަހެޅުމަށް ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައެއްނުގަނެވޭނެއެވެ.

- އަންދާސީހިސާބު ހުށަހަޅަން ހާޒިރުވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެންމެ އަންދާސީހިސާބެކެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ބިޑް ޕްރޮޕޯޒަލް (ޖީ.އެސް.ޓީއަށްވާ އަދަދު ވަކިން އެނގޭނެހެން ޖުމުލަ އަގު ހުށަހެޅުން)

- މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތްތަކުގެ ތަފުސީލު

- ކުންފުންޏެއްނަމަ ކުންފުނީގެ ޕްރޮފައިލް (މިފަދަ މަސައްކަތް ކުރުމުގައި ތަޖުރިބާ ލިބިފައިވާ މުއްދަތު އެނގޭގޮތަށް)

- ކުންފުނި ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ

- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ޖީ.އެސް.ޓީއަށް ރަޖިސްޓަރީ ކޮށްފައިވާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓުގެ ކޮޕީ

- ފަންނީ ގޮތުން ޤާބިލުކަން ހުރި މިންވަރު

- އިތުރު ސަޕޯޓިންގ ލިޔުމެއްވާނަމަ، އެ ފަދަ ލިޔުމެއް

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

- ޓެލެފޯން ނަންބަރު: 3339591/ 3339522/ 3339544/ 3019611 އަށް ގުޅުއްވުން އެދެމެވެ.

16 މުޙައްރަމް 1436

09 ނޮވެންބަރު 2014
ހޯދާ