ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
އިހަވަންދޫ ކައުންސިލްގެ އިދާރާގައި ލަކުޑިން ހަދާފައިހުރި ބޭރު ކުޑަ ދޮރުތައްއެލްމިނިޔަމަށް ބަދަލު ކުރުމަށާއި މި އިދާރާގެ އެތެރޭގައި ހުރި ބައެއް ކުޑަދޮރުތައް މަރާމާތު ކުރުމަށް ބޭނުންވެއްޖެއެވެ. މި މަސައްކަތް ކޮށްދެއްވުމަށް އެދި މަޢުލޫމާތު ސާފު ކޮށް އަދި އަންދާސީ، ހިސާބު ހުށަހެޅޭނީ، ޤާނޫނު ނަންބަރު 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށެވެ.
ވީމާ، މިކަމަށް، ޝައުޤުވެރިވެލައްވާ ފަރާތްތަކަށް މިފުރުޞަތު ހުޅުވާލަމެވެ. އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅޭނެ ވާހަކަ ދެންނެވީމެވެ.
ބައިވެރިވާ ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް |
މަޢުލޫމާތު ސާފު ކުރުމާއި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ބީލަމުގައި ރަޖިސްޓަރީ ވުމާއި މަޢުލޫމަތު ސާފުކުރުން
|
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
އާދީއްތަ |
13 ނޮވެމްބަރ 2022 |
11:00 |
އަންދާސީހިސާބު ހުށަހެޅުން |
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ |
އަންގާރަ |
22 ނޮވެމްބަރ 2022 |
11:00 |
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.