ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުމާބެހޭ

 

މިރަށުގައި ޤާއިމްކުރެވޭ ފެނަކަ އޮފީސް އިމާރާތް، އެޅުމަށް ދޫކުރެވިފައިވާ ބިމުގެ އުތުރުގައި ރަތްކުލައިގެ ދަވާދުން ނަންބަރު ޖަހާފައިވާ ރުއްގަހުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަހުގެ ވެރިފަރާތްތަކުން، މި އިދާރާއިން ޖަހާފައިވާ ނަންބަރާއި، ވެރިފަރާތުގެ ނަމާއި އެޑްރެސް އަދި ރުކުގެ މޮޅު/ ދެރަ ބަޔާންކުރައްވާ، 2022 ނޮވެންބަރ 07 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެ ކުރިން ލިޔުމަކުން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅުއްވާ ރުއްގަސް އެއީ ރައްޔިތު ރުއްގަހުގެ ގޮތުގައި ބަލާ ނައްތާލެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

 

31 އޮކްޓޫބަރު 2022
ހޯދާ