އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް 26 އޮކްޓޯބަރު 2022ވަނަ ދުވަހު ގެނެވުނު އިޞްލާޙާގުޅޭ

               މި އިދާރާގެ ނަންބަރު:(IUL)339-ESMS/339/2022/129 (26 އޮކްޓޯބަރު 2022) އިޢުލާނާއި ގުޅޭގޮތުން ދަންނަވަމެވެ.

               އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލާ ޙަވާލާދީފައިވާ އިޢުލާނާއެކު އިޞްލާޙުކޮށްފައިވާ އުޞޫލުގެ ޕޮއިންޓް އުނިކުރުމުގެ ބައިގެ 2.8.1 ގެ އިބާރާތް ތިރީގައިވާ ގޮތަށް ބަދަލުކޮށްފައިވާ ކަމުގައި ދަންނަވަމަވެ.

"2.8.1 ތިމާގެ އަނބިމީހާ / ފިރިމީހާއަށް ރާއްޖޭގެ އެއްވެސް ރަށެއްގައި އިމާރާތްކޮށްފައިވާ ފުލެޓު، ރޯހައުސް، ހައުސިންގ ޔުނިޓް ނުވަތަ އެއްމެދު އިމާރާތެއްގެ ފްލެޓެއް ފަދަ ބޯހިޔާވަހިކަމެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނުވަތަ ލިބިފައިވުން ނުވަތަ ކަނޑައެޅޭ މުއްދަތެއްގެ ތެރޭގައި އަގު އަދާކުރާ ގޮތަށް އެފަދަ ބޯހިޔާވަހިކަމެއް ގަނެވިއްކުމުގެ އެއްބަސްވުމެއްގައި އެއްވެސް ފަރާތަކާއެކު ސޮއިކޮށްފައިވާނަމަ އަކަފޫޓަކަށް 0.020 ޕޮއިންޓް އުނިކުރުން."

 

               މި މިއިޢުލާނާއެކު އިޞްލާޙުކޮށްފައިވާ އުޞޫލް އެއްކަރުދާސް ކުރީމެވެ.

               ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

31 އޮކްޓޫބަރު 2022
ހޯދާ