ދިވެހިރާއްޖެ
ނަންބަރު: (IUL)310-MS/310/2022/41
އިއުލާން
ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ 02 ކޮމްޕޯސްޓިންގ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ 02 ކޮމްޕޯސްޓިންގ މެޝިން ވިއްކާނެ ފަރާތެއް ހޯދުމަށް 29 ސެޕްޓެމްބަރު 2022 ވަނަ ދުވަހު ކުރި އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ އަލުން އިއުލާނު ކުރަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.
ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމް، މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުންވެސް ފޯމް ލިބެންހުންނާނެއެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުން ބިޑާއި ގުޅޭ އެހެނިހެން މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާ ތާރީޚް |
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚް |
07 ނޮވެމްބަރު 2022 ހޯމަ ދުވަހުގެ 11:00 ގެ ކުރިން |
17 ނޮވެމްބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގައި |
އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6580020 އަށް ގުޅުއްވައިގެން ސާފު ކުރެއްވުން އެދެމެވެ.
05 ރަބީޢުލްއާޚިރު 1444
31 އޮކްޓޯބަރު 2022