ދިވެހިރާއްޖެ
ނަންބަރު: (IUL)262/262/2022/85
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ
މިއިދާރާއިން ކުރަންޖެހޭ އެއްގަމު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރެޖިސްޓްރީ ކުރުމަށްފަހު ތިރީގައިވާ ގަޑިއަށް މިއިދާރާއަށް ދުރުވެ
އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ރެޖިސްޓްރީ ކުރުމުގެ ސުންގަޑި: 09 ނޮވެމްބަރ 2022، 10:00 އަށް
ބީލަމުގައި ރެޖިސްޓްރީ ކުރުމުގެ ލިންކް: https://forms.office.com/r/NaqQzqsD4gs
އަންދާސީ ހިސާބު ހުށަހެޅުން:13 ނޮވެމްބަރު 2022، 11:00
މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ކަރުދާހެއް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ. އަދި މިމައުލޫމާތުތަކުގެ އިތުރުން މައުލޫމާތެއް ސާފްކުރުމަށް ބޭނުންވާނަމަ 09 ނޮވެމްބަރ 2022، 10:00 ގެ ކުރިން ތިރީގައިވާ އީމެއިލް އަށް ލިޔުންތައް ފޮނުއްވައި މައުލޫމާތު ސާފްކުރެއްވުން އެދެމެވެ.
އީމެއިލް އެޑްރެސް: [email protected]
އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 10:00 ގެ ފަހުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.