ތިލަދުންމަތީ އުތުރުބުރީ ތުރާކުނު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިހަވަންދިއްޕޮޅު ރަސްތަރި ޤުރުއާން މުބާރާތް 2022 އާއިގުޅޭ

         ނަންބަރ: IUL 244-CAA/244/2022/51

އިޢުލާން

      ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ، ކުލަބް ޕޯލްސްޓަރ އަދި އަންބަރީ ފައުންޑޭޝަން ގުޅިގެން އިހަވަންދިއްޕޮޅުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤުރުއާނަށް ލޯބި ޖައްސައި، ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނުވެރިކަން އުފައްދައި، ޤުރުއާން ކިޔެވުމުގެ މައިދާނުގައި ވާދަވެރިކަން އުފެއްދުމުގެ މަޤުޞަދުގައި އިހަވަންދިއްޕޮޅުގެ ރަށްތަކަށް ހުޅުވާލައިގެން "އިހަވަންދިއްޕޮޅު ރަސްތަރި" ގެ ނަމުގައި ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތެއް 2022 ޑިސެމްބަރ 17 އިން 20 އަށް ހއ. އިހަވަންދޫގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

      މި މުބާރާތުގައި ހއ.ތުރާކުނުން ވާދަކުރުމުގެ ފުރުޞަތު ހުޅުވާލެވޭނީ "އިހަވަންދިއްޕޮޅު ރަސްތަރި ޤުރުއާން މުބާރާތް 2022 - ތުރާކުނު އޮޑިޝަން" އިން ހޮވޭ ފަރާތްތަކަށެވެ. އޮޑިޝަން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2022 ނޮވެމްބަރ 11 އިން 12 އަށެވެ. މި އޮޑިޝަންގައި ބައިވެރިވެވޭނީ ހއ.ތުރާކުނުގެ ރައްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ. މުބާރާތުގެ އޮޑިޝަނުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާޢިދު މިއިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި ވާނެއެވެ.

      ވީމާ، މި މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ސްކޫލް / މަދަރުސާގެ ދަރިވަރުންނާއި ހއ.ތުރާކުނުގެ ރައްޔިތުން 2022 ނޮވެމްބަރ 09 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން މި އިދާރާއަށް ދުރުވެ މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފޯމު ހުށަހެޅުން އެދެމެވެ. މުބާރާތުގެ އޮޑިޝަންގައި ބައިވެރިވުމަށް އެދޭ ފޯމު މި އިދާރާގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ.

      މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި ޢިޢުލާންކުރީމެވެ.

31 އޮކްޓޫބަރު 2022
ހޯދާ