މަޤާމުގެ މަސްއޫލިއްޔަތު:
|
- ކިޔަވައިދޭ ފިލާވަޅުތައް، ފެކަލްޓީން ހަމަޖައްސަވާފައިވާ ފޯމެޓަށް ތައްޔާރުކުރުން.
- ހަފުތާއަކު 12 ގަޑިއިރާއި 16 ގަޑިއިރާ ދެމެދުގެ އަދަދަކަށް ކިލާސްތަކުގައި ކިޔަވައިދިނުން.
- ކިޔަވައިދޭ މާއްދާއާ ގުޅޭގޮތުން ދަރިވަރުން ހުށަހަޅާ ކަންތައްތަކަށް ޖަވާބުދާރީވުން.
- ކޯސްތަކާއި މާއްދާތައް ކޯޑިނޭޓްކުރުން.
- އާ މުޤައްރަރުތައް ފަރުމާކުރުމާއި، ބޭނުންކުރާ މުޤައްރަރުތައް އިޞްލާޙުކުރުން.
- ދަރިވަރުންނަށް ބޭނުންވާ ސަބްޖެކްޓް އައުޓްލައިން، ސެމިސްޓަރ ފެށުމުގެ ކުރިން ތައްޔާރުކުރުވުން.
- ކިޔަވައިދޭ މާއްދާތަކުގެ މެޓީރިއަލްތައް އަޕްޑޭޓްކުރުން.
- ކަނޑައެޅިފައިވާ މުއްދަތުގައި މާއްދާތަކުގެ އިމްތިޙާން ކަރުދާސް ތައްޔާރުކޮށް، އެގްޒާމް ކޯޑިނޭޓަރާ ހަވާލުކުރުން.
- އިމްޠިހާނަށްފަހު ހަވާލުކުރެވޭ ޕޭޕަރުތައް ކަނޑައެޅިފައިވާ މުއްދަތުގައި މާކުކުރުމަށްފަހު، އެގްޒާމް ކޯޑިނޭޓަރާ ހަވާލުކުރުން.
- ލެކްޗަރތަކާއި، ޓިޔުޓޯރިއަލްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވޯރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތައް ފަދަ ކަންކަން ރާވައި ހިންގުން.
- މާއްދާ ކޯޑިނޭޓްކުރުމުގެ ނުވަތަ ކޯސްކޯޑިނޭޓްކުރުމުގެ ޒިންމާ ހަވާލުކުރެވިއްޖެނަމަ، އެ ދާއިރާތަކުގައި ކިޔަވައިދިނުމަށް ބޭނުންވާ އެންމެހައި ކަންކަން ރާވައި ހިންގުމާއި، ކިޔަވައިދެވޭ ފެންވަރު ބެލުމާއި، ދަރިވަރުންނަށް ބޭނުންވާ އެހީތެރިކަން ދެވޭނޭގޮތް ހަމަޖެއްސެން.
- ފަންނީ މުވައްޒަފުންގެ ބައްދަލުވުންތަކާއި، މާއްދާތަކުގެ ޕެނެލްތައްފަދަ އެކިއެކި ބައްދަލުވުންތަކާއި، އެފަދަ އެހެނިހެން ހަރަކާތްތަކުގައި ބައިވެރިވެ، ހަވާލުކުރެވޭ މަސައްކަތްތައް ފުރިހަމައަށް ކުރުން.
- އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާ ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިޢުކުރުމަށް މަސައްކަތްކުރުން.
- ފެކަލްޓީގެ ކަންކަން ރަނގަޅުކުރުމަށް ހިންގާ ހަރަކާތްތަކުގެ ތެރެއިން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
- ޔުނިވަރސިޓީގެ އެކިއެކި ދާއިރާތަކުގެ ބައްދަލުވުންތަކާއި ކޮމިޓީތަކުގައި ބައިވެރިވެ، ފެކަލްޓީއާއި ޔުނިވަރސިޓީގެ ކަންކަން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ބައިވެރިވެ، އެފަދަ ކަންކަމުގައި އިސްދައުރެއް އަދާކުރުން.
- ފެކަލްޓީގެ އެހެން މުވައްޒަފުންނާ ގުޅިގެން، އެކުވެރިކަމާއި އަދި "ކޯޑް އޮފް ކޮންޑަކްޓް" އާ އެއްގޮތަށް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރުން.
- މަޤާމާ ގުޅޭގޮތުން ފެކަލްޓީން ހަވާލުކުރާ މިނޫން ކަންތައްވެސް ކުރުން.
|
އުޖޫރައާއި ޢިނާޔަތްތައް:
|
- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން، އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
|
ވަޒީފާއަށް ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް:
|
ކޮމްޕިއުޓަރ ސައިންސް، ޑާޓާބޭސްއާއި ނެޓްވޯކިންގ ދާއިރާގެ މީހުންނަށް އިސްކަންދެވޭނެ.
|
ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:
|
- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ މީހެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
ނޯޓް:
- އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
- އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
- އިންޓަރވިޔުކުރެވޭނީ އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
- މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.
|
ސިޓީ ފޮނުވަންވީ ތާރީޚު:
|
2014 ނޮވެންބަރު 17 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.
|
އިތުރު މަޢުލޫމާތު:
|
- މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345157 ނަންބަރު ފޯނާއެވެ.
- މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސްނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
|