ދިވެހިރާއްޖެ
އިޢުލާން
މިކޯޓުގެ އިމާރާތަށް އިތުރު ކުރެވޭ ބައި ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމާގުޅޭ
މިކޯޓުގެ އިމާރާތަށް ބައެއް އިތުރުކުރުމަށް ބޭނުންވާތީ، އިތުރުކުރެވޭ ބައި ޑިޒައިންކޮށް ކުރެހުންތަކާއި ބީ.އޯ.ކިޔު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު Q2C-A/2022/5 އިޢުލާނުގެ އިންފޮމޭޝަން ޝީޓަށް ބަދަލުއައިސްފައިވާތީ، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
މިމަސައްކަތާގުޅޭ މަޢުލޫމާތު ޝީޓް މިއިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. އަދި މަސައްކަތާގުޅޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، މިކޯޓުގެ ނަންބަރު 6840157 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 06 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް އަންދާސީ ހިސާބު މެއިލްކޮށްދެއްވުން އެދެމެވެ.