ދިވެހިރާއްޖެ
ސްޕެސިފިކް ޕްރޮކިއުމަންޓް ނޯޓީސް
MV-MOED-321751-GO-RFB
މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް
Grant No.:IDA-D4800
1. ވޯލްޑް ބޭންކުގެ އެހީގައި މިމިނިސްޓްރީން ހިންގާ "މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް" ޕްރޮޖެކްޓްގެ ދަށުން، މިއިޢުލާނާ އެއްކަރުދާސްކުރެވިފައިވާ ރިކުއެސްޓް ފޯ ބިޑްސް (އާރު.އެފް.ބީ) ގައި ބަޔާންކުރާ އައި.ސީ.ޓީ އިކުއިޕްމަންޓް ހޯދުމަށް ބޭނުންވެއެވެ.
2. މަތީގައި ދެންނެވިފައިވާ ތަކެތި ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ރިކުއެސްޓް ފޯރ ބިޑް (އާރ.އެފް.ބީ) އާއި އެއްގޮތަށް ބިޑް ޑޮކިއުމަންޓް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުން، މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
3. މި ތަކެތި ފޯރުކޮށްދިނުމަށް ޝަރުތު ފުރިހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ރިކުއެސްޓް ފޯ ބިޑްސް (އާރު.އެފް.ބީ) އުޞޫލުގެ މަތިން ވޯލްޑްބޭންކް ލޯނާއި އައި.ޑީ.އޭ ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ހިންގޭ މަޝްރޫޢުތަކަށް އެފަރާތުން 2020 ނޮވެމްބަރުގައި ޝާޢިއު ކުރެވިފައިވާ ރެގިއުލޭޝަންގެ 4 ވަނަ އެޑިޝަން އާއި އެއްގޮތަށެވެ.
4. ޕްރޮޖެކްޓާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 0830 އިން 1600 އަށް ލިބިވަޑައިގަންނަވާނެވެ.
5. މިކަމާ ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ރިކުއެސްޓް ފޮރ ބިޑް (އާރ.އެފް.ބީ) މި މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv ގައި ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިކަމާބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓްގެ ޕްރޮޖެކްޓް ޑިރެކްޓަރ އަލްފާޟިލް ޠާސީން ޙިލްމީ އަށް އެޑްރެސްކޮށް ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
6. ކޮންޓްރެކްޓުގައި ސޮއި ކުރާތާ އެންމެ ލަސްވެގެން 60 ދުވަހުގެ މުއްދަތުގެ ތެރޭގައި ތަކެތި ސަޕްލައި ކުރަންވާނެއެވެ.
7. ބިޑިންގ ޑޮކިއުމަންޓާއި، އެއާއި ގުޅުންހުރި އެހެނިހެން ލިޔުންތައް މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ލިބެން ހުންނާނެއެވެ. ބިޑާއި ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ބަލާ ޗެކު ކުރުމަކީ ބިޑަށް ހުށަހަޅާ ފަރާތުގެ ޒިންމާއެއް ކަމުގައި ދަންނަވަމެވެ.
8. ބީލަންހުޅުވުން އޮންނާނީ 29 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ ކޮންފަރެންސް ހޯލުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން ލިޔެފައި އޮންނަންވާނެއެވެ.
9. ޕްރޮޖެކްޓުގެ ބިޑްސެކިއުރިޓީގެ ގޮތުގައި ތިރީގައިވާ ގޮތުގެމަތިން ފައިސާ ހުށަހަޅަންޖެހޭނެއެވެ.
- ލޮޓް 1: (ޕްރިންޓަރ އެންޑް ސްކޭނަރ، މޮނިޓަރ، ކޮމްޕިއުޓަރ މައުސް، މައިކްރޯ ސޮފްޓް ސަރފޭސް ޓްރެވަލް ހަބް، ލެޕްޓޮޕް، ރިސްޓް ސަޕޯޓް މައުސް، ސަރފޭސް ޕްރޯ ވިތް ކީބޯޑް) MVR 4350.00
- ލޮޓް 2: (ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް ވިތް ސްމާޓް ބޯޑް) MVR 900.00
- ލޮޓް 3: (ޓީވީ، ކެމެރާ، ޓްރައިޕޮޑް، މައިކް، ލޭޒާ ޕްރެޒެންޓޭޝަން ރިމޯޓް) MVR 250.00
10. އިތުރު މައުލޫމާތު އަދި ބިޑު ހުށަހަޅަންވީ އެޑްރެސް ތިރީގައި އެވަނީއެވެ.
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތް ޕްރޮޖެކްޓް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް
ވެލާނާގެ، 11 ވަނަ ފަންގިފިލާ
މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3323668
އީމެއިލް: [email protected]