ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ބާރަށު ކައުންސިލްގެ ޔުނިޓީ ކަޕް 2 ވަނަ ފުޓްސަލް މުބާރާތް 2022 ގައިބައިވެރިވުމާ ގުޅޭ

މި ކައުންސިލްގެ ފަރާތުން ހއ. ބާރަށުގައި ފުޓްސަލް ކުޅުމުގެ ރޫޙު އާލާކޮށް، ރަށުގެ ޒުވާނުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅުން ބަދަހި ކުރުމުގެ މަޤުޞަދުގައި ފިރިހެން / އަންހެން ޑިވިޝަންގެ ފުޓްސަލް މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހއ. ބާރަށުގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ކުލަބު، ޖަމުޢިއްޔާ، ޖަމާތްތަކަށާއި، ރަށުގެ އަމިއްލަ ފަރާތްތަކުގެ ނަމުގައި ޓީމުތަށް ބައިވެރިވެވޭ ގޮތަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ 25 ނޮވެމްބަރ 2022 ވަނަ ދުވަހުއެވެ.

               ވީމާ، މި މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 17 ނޮވެންބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން މުބާރާތުގައި ބައިވުމަށް އެދި ހުށައެޅުމަށް ދަންނަވަމެވެ. މުބާރާތުގައި ބައިވެރިވާން އެދޭ ފޯމް މިއަދުން ފެށިގެން އަދި، މުބާރާތުގެ ޤަވާޢިދު 02 ނޮވެންބަރ 2022 ވާ ބުދަ ދުވަހުން ފެށިގެން ރަސްމީ ގަޑިތަކުގައި މި ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. މި މުބާރާތާ ގުޅޭގޮތުން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މި ކައުންސިލްގެ ފޯން: 6500016 އެވެ.

             

         ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

               05 ރަބީޢުލްއާޚިރު 1444

               30  އޮކްޓޯބަރ  2022                 

30 އޮކްޓޫބަރު 2022
ހޯދާ