މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓެންސީ ދިނުމާބެހޭ

މާލޭގެ މަގުތައް ތަރައްޤީ ކުރުމަށްޓަކައި ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓެންސީ ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ދެވޭ ދަޢުވަތުގެ ނަންބަރު IUL)138-ES1/1/2014/178) އިޢުލާނާ ގުޅޭ:

މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލުކުރުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. މި ގޮތުން މި މަޝްރޫޢުގެ ޑިޒައިން އަދި މެނޭޖްމަންޓް ކޮންސަލްޓެންސީގެ ޚިދުމަތް ދިނުމަށް ޝައުޤުވެރިވާ މާލީގޮތުންނާއި ފަންނީގޮތުން ޤާބިލް ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމަށް މިމިނިސްޓްރީގެ ފަރާތުން ހުށަހެޅިފައިވާ ފުރުޞަތު އިތުރުކުރެވިފައިވާ ވާހަކަ ދަންނަވަމެވެ.

ބީލަން ހުށަހަޅަން ހަމަޖެހިފައިވާ މުއްދަތު 19 ނޮވެންބަރު 2014 އިން 03 ޑިސެންބަރު 2014 ވާ ބުދަދުވަހުގެ 14:00 ގެ ނިޔަލަށް ވާނީ އިތުރުކުރެވިފައެވެ. ވީމާ، ބީލަން ހުށަހެޅުމަށް ދެވިފައިވާ މުއްދަތުގައި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަންތައް ތައްޔާރުކުރެވިފައި ހުންނަންވާނީ، ބިޑިންގ ޑޮކިއުމަންޓާ އެއްގޮތްވާގޮތުގެ މަތިންނެވެ. އަދި ބީލަންތަކުގެ މުއްދަތަކަށް، ބީލަން ހުޅުވާ ދުވަހުން ފެށިގެން 90 ދުވަސް ދެވިފައި އޮންނަންވާނެއެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި، ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބިޑް ހުށަހަޅުއްވާ ފަރާތުގެ ނަން ހިމަނާފައެވެ. އަދި  އެޑްރެސް ކުރަންވާނީ ތިރީގައި ބަޔާން ކުރެވިފައިވާ ގޮތަށެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.

ފާތިމަތު ޝާނާ ފާރޫޤު

ޕްރޮޖެކްޓް ކޯޑިނޭޓަރ

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، މާފަންނު

މާލެ، 20392، ދިވެހިރާއްޖެ

ފޯން: 3004301 960+ ، ފެކްސް: 3004302 960+، 3004300 960+

އީމެއިލް: [email protected]

މި އިޢުލާން މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ވެބްސައިޓްގައިވެސް ޝާއިޢުކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

04 ނޮވެންބަރު 2014
ހޯދާ