މާޅޮސްމަޑުލު ދެކުނުބުރީ ކިހާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ކިހާދޫ މަސްޖިދުލް ތަޢާވުނުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

     

                މިރަށު ހުކުރުމިސްކިތުގައި ކުރަންހުރި މަރާމާތު މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިއިދާރާގެ ނަންބަރު (IUL)316/316/2022/50 (04 ސެޕްޓެމްބަރ 2022) އިޢުލާނާގުޅިގެން އެއްވެސް ފަރާތަކުން އެސްޓިމޭޓް ހުށަހަޅާފައިނުވާތީ، މި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

 

                  ވީމާ، މިކަންކޮށްދެއްވުމަށް  ޝައުޤުވެރިވާ ފަރާތްތަކުން 08 ނޮވެމްބަރު 2022 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 10:30 ށް ކިހާދޫ ކައުންސިލްގެ އިދާރާއަށް  ވަޑައިގެން އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓްތައް ހުންނަންވާނީ ސިޓީއުރައަކަށްލާ  ބަންދުކުރެވިފައެވެ.  ސިޓީއުރައިގެ ބޭރުގައި "ހުކުރުމިސްކިތުގައި ގެ މަރާމާތު މަސައްކަތުގެ އެސްޓިމޭޓް"  މިހެން ލިޔެފައި  އޮންނަންވާނެއެވެ. ކަނޑައެޅިފައިވާ ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އެސްޓިމޭޓްތައް ބަލައެއް ނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާ އެސްޓިމޭޓްތައް ބާޠިލްކުރެވޭނެއެވެ.

 

                  އެސްޓިމޭޓް ހުށަހަޅަން ވަޑައިގަންނަވާއިރު  ބަދަލުގައި  އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، ބަދަލުގައި މީހަކު  ފޮނުވާކަމުގެ  ސިޓީއަކާއި ބަދަލުގައި އަންނަފަރާތުގެ އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

                  މި މަސައްކަތާއިބެހޭގޮތުން ބާއްވާ މަޢުލޫމާތު  ދިނުމުގެ  ބައްދަލުވުން 01 ނޮވެމްބަރު 2022 ވާ އަންގާރަދުވަހުގެ  މެންދުރުކުރި 10:30 ގައި ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.

 

                  މިހެންވެމިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                 05   ރަބީއުލްއާޚިރު   1444               

30    އޮކްޓޯބަރ    2022

30 އޮކްޓޫބަރު 2022
ހޯދާ