ދިވެހިރާއްޖެ
މިލަންދޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކުރެވުނު ނަންބަރު: IUL)SH-FAH-RM/INDIV/2014/20)ފ(8 ސެޕްޓެންބަރު 2014) އިޢުލާނަށް ހުށަހަޅާފައިވާ އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ އެއިޢުލާން ބާޠިލުކޮށް، އެ މަސައްކަތްތައް ކުރުމަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 13 ނޮވެންބަރު 2014 ވާ ބުރާސްފަތިދުވަހުގެ 13:00އަށް މާލޭގައިނަމަ މިނިސްޓްރީ އޮފް ހެލްތު / ސޯސަންމަގު ރޯޝަނީ ބިލްޑިންގަށް، މިލަންދޫގައިނަމަ ށ.މިލަންދޫ ޞިއްޙީމަރުކަޒަށް، އަދި ފުނަދޫގައިނަމަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން، ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ ސިޓީއަކާއެކު ފޮނުވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00އަށް މާލޭގައިނަމަ މިނިސްޓްރީ އޮފް ހެލްތު / ރޯޝަނީ ބިލްޑިންގަށް، މިލަންދޫގައިނަމަ ށ.މިލަންދޫ ޞިއްޙީމަރުކަޒަށް، އަދި ފުނަދޫގައިނަމަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
12 މުޙައްރަމް 1436