ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ހޯނޑެއްދޫ އަތުނަރުމަގުގެ ހުޅަގުއުތުރު ފަރާތުގައި (އައުޓުޑޯ ޖިމްގެ އުތުރުން ފެށިގެން ސޯސަން މަގާއި ހަމައަށް) ހުރި ރުއްގަހުގެ ބަދަލާއިގުޅޭ؛

ގދ.ހޯނޑެއްދޫ އަތުނަރު މަގުގެ ހުޅަނގުއުތުރު ފަރާތުގައި (އައުޓުޑޯ ޖިމްގެ އުތުރުން ފެށިގެން ސޯސަން މަގާއި ހަމައަށް) ހުރި ރުއްތަކުގެ ތެރެއިން މިކައުންސިލުން 1 އިން 42 އަށް ނަންބަރު (މުށި ކުލައިން) ޖަހާފައިވާ ރުއްތަކާއި، 1 ނަންބަރު ޖަހާފައިވާ ފުނަގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)417-ESMS/417/2022/93 (19 އޮކްޓޫބަރު 2022) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެރުއްގަހުގެ މިލްކުވެރިކަން ބަޔާންކޮށް މިއިދާރާއަށް އަންގާފައި ނުވާތީ، އުފުރުޞަތު އަލުން ހުޅުވާލަމެވެ.
ވީމާ، އެ ސަރަޙައްދުތަކުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެހި ގަންނަ ވަކަރުލާ މޮޅު ރުއް، ފޯދުނު ރަނގަޅު ރުއް، ފޯދުނު އާދައިގެ ރުއް، ފޯދުނު ދެރަ ރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެ ރުއް އަދި ނުފޯދޭ ކުޑަރުއް) އަދި ފުނަގަހުގެ ވަށަމިން ބަޔާންކޮށް 2022 ނޮވެމްބަރ 08 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެ ސަރަޙައްދުތަކުގެ ޗާޓެއް މި އިޢުލާނާއިއެކު އާންމުކުރީމެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     
 
27 އޮކްޓޫބަރު 2022
ހޯދާ