ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކުޑަހުވަދޫ އަކިރޭރޭ ސަރަހައްދުގައި ކައުންސިލުން ތަރައްޤީކުރަމުންދާ ފުޓްސެލް ދަނޑުގައި ސަބްބޭސް ހެދުމާއި ޓާފްއެޅުމުގެ މަސައްކަތާއި ގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު:
ކުޑަހުވަދޫ އަކިރޭރޭ ސަރަހައްދުގައި ކައުންސިލުން ތަރައްޤީކުރަމުންދާ ފުޓްސެލް ދަނޑުގައި ސަބްބޭސް ހެދުމާއި ޓާފްއެޅުމަށް ބޭނުންވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައި ޢާއްމުކޮށް އެންގުމަށް ޓަކައި އިޢުލާނުކުރީމެވެ.
- މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 26 އޮކްޓޯބަރ 2022 އިން 06 ނޮވެމްބަރ 2022 އަށް ބަންދުނޫން ކޮންމެދުވަހެއްގެ 9:00 އިން 12:00އަށް މިއިދާރާއަށް ދުރުވެ ބީލަންރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ. ބީލަން ރަޖިސްޓްރީ ކުރުމުގެ އަގަކީ 150.00ރ އެވެ.
- ޕްރީބިޑްމީޓިންގ އޮންނާނީ 07 ނޮވެމްބަރ 2022 ވާ ހޯމާ ދުވަހުގެ 10:00 ކައުންސިލް އިދާރާގެ ކޮންފަރެސް ހޯލުގައެވެ.
- މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 16 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 10:00ގެ ކުރިން ބީލަންފޮތުގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. އަދި 17 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 10:00ގައި ކުޑަހުވަދޫ ކައުންސިލް އިދާރާގެ ކޮންފޮރެންސް ހޯލަށް ވަޑައިގަތެން އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
- ބީލަން ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި ބީލަންފޮތުގައި ބަޔާންކޮށްފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
- ފޯން : 7908156
- އީމެއިލް: [email protected]
26 އޮކްޓޫބަރު 2022
ހޯދާ