ދިވެހިރާއްޖެ
އިޢުލާން
48 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް
48 ވަނަ ޤައުމީ ބެޑްމިންޓަން މުބާރާތް 08 ނޮވެމްބަރު 2022 އިން 16 ނޮވެމްބަރު 2022 އަށް މާލެ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލް ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި ޤަވާޢިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ވެބްސައިޓް (https://badmintonmaldives.org.mv) ގައި ޝާޢިއު ކުރެވިފައިވާނެއެވެެ.
ވީމާ މުބާރާތުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު 2 ނޮވެމްބަރު 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް ހުށަހެޅުމަށް ދަންނަަވަމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން ހަވީރު 15:30 އަށް މިއެސޯސިއޭޝަންގެ ފޯނު ނަމްބަރ (3314057) އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
26 އޮކްޓޯބަރު 2022