މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގަލޮޅު ސީޓީ ޕާކްގެ މޮޑާން ކޮންސެޕްޓް ޑިޒައިންއަށް ހިޔާލު ހުށަހެޅުމަށް ހުޅުވާލުމާއި ގުޅޭ

 25 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ ރޭ ސިޓީ ޕާކުގައި ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވުނު ހަފްލާގައި އެޕާކް ތަރައްޤީ ކުރުމަށް އެކުލަވާލެވިފައިވާ މޮޑާން ކޮންސެޕްޓް ޑިޒައިން ވަނީ ހިއްސާކުރެވި، ބަންދުނޫން 3 ދުވަސް ތެރޭ ޚިޔާލު ހުށަހެޅުމަށް ހުޅުވާލެވިފައެވެ. މި ދެންނެވުނު މޮޑާން ކޮންސެޕްޓަށް ޚިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން 31 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ 14:00 ކުރިން ޚިޔާލު ހުށަހެޅުމަށް މި ކައުންސިލްގެ މެއިލް [email protected]  މެދުވެރިކޮށް ޚިޔާލު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 މި ފުރުސަތުގައި މިފަދަ އިޖްތިމާއީ ކަންކަމުގައި މާލެ ސިޓީގެ ރައްޔިތުންގެ ފަރާތުން ދެއްވަމުން ގެންދަވާ އެއްބާރުލުމަށް މި ކައުންސިލުން ނިހާޔަތަށް ޝުކުރުދަންނަވަމެވެ.

26 އޮކްޓޫބަރު 2022
ހޯދާ