ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލް ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމާއިގުޅޭ

އިޢުލާން

ކެލާ ކައުންސިލް ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމާއިގުޅޭ

 

                 މިކައުންސިލްގެ ނަމުގައި ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފައްދަން ބޭނުންވާތީވެ، ތިރީގައި ބަޔާންކުރާ ޝަރުތުތައް ހަމަވާ ފަރާތްތަކުން ކުންފުނީގެ "ޑިރެކްޓަރެއްގެ" ގޮތުގައި މަސައްކަތް ކުރުމަށް ޝައުގުވެރިވާނަމަ އެކަމަށް އެދި 06 ނޮވެންބަރ 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން ހުށައެޅުމަށް ދަންނަވަމެވެ.

 

ޑިރެކްޓަރގެ ޝަރުތުތައް:

  1. އުމުރުން 18 އަހަރުވެފައި ހުރި ދިވެހި ރައްޔިތެއްކަމުގައިވުން.
  2. ބުއްދި ސަލާމަތުންހުރި މީހެއްކަމުގައިވުން.
  3. ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި އަދާކުރަންޖެހޭ ސާބިތު ދަރަންޏެއް އޮތްނަމަ، އެދަރަނި އަދާކުރަމުން އަންނަ މީހެއް ކަމުގައިވުން.
  4. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާނަމަ، ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އަދަބު މަޢާފްކުރެވުނުތާ މަދުވެގެން 3 އަހަރުވެފައިވާ މީހެއް ކަމުގައިވުން.
  5. ވައްކަމާއި، ޓެކުމާއި ހިޔާނާތުގެ ކުށް ސާބިތުވެފައިވާ މީހެއްކަމުގައި ނުވުން.
  6. ބިޒްނަސް ސްޓަޑީސްގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުން، ނުވަތަ މަތީ ސާނަވީ އިމްތިހާނުން މަދުވެގެން 2 ފާސް ލިބިފައިވުމާއެކު ބިޒްނަސް ނުވަތަ މެނޭޖްމަންޓްގެ ދާއިރާއިން މަދުވެގެން 2 އަހަރުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  7. އެހެން ކުންފުންޏެއްގެ ޑިރެކްޓަރެއް ނުވަތަ ބޯޑް މެންބަރެއް ކަމުގައިނުވުން.

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ލެޓާ އޮފް އިންޓަރެސްޓް
  2. ސީވީ
  3. ތައުލީމީ އަދި ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ
26 އޮކްޓޫބަރު 2022
ހޯދާ