ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަށް ބެނުންވާ ޕްރޮޕަޓީ އިންފޮމޭޝަން މެނޭޖްމަންޓް ސިސްޓަމްއެއް ޑިވެލޮޕްކޮއްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރ (IUL)471-CDS3/1/2022/103 އިއުލާނުގެ މައުލޫމާތު ކަރުދާހަށް ބަދަލުތަކެއް ގެންނަން ޖެހެމުގެ ސަބަބުން އިސްލާހު ކުރެވިފައިވާ މައުލޫމާތު ކަރުދާހާއި އެކު އިއުލާން ކުރަމެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން އޮންނާނީ 01 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.
އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 07 ނޮވެންބަރު 2022 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގެކުރިން[email protected] އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.
ބިޑް ހުޅުވުމަށް ހަމަޖެހިފައިވަނީ 08 ނޮވެންބަރު 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 13:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.