ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އުސޫލުގެ ދަށުން މުނިސިޕަލް އެސިސްޓެންޓް ބޭނުންވެއްޖެ

ވޭޖް  އުސޫލުގެ ދަށުން މުނިސިޕަލް އެސިސްޓެންޓް  ބޭނުންވެއްޖެ

ވޭޖް އުސޫލުގެ ދަށުން މުނިސިޕަލް އެސިސްޓެންޓެއް މި އިދާރާއަށް ބޭނުންވެއްޖެއެވެ. މިއީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ނަގައި މުއައްޒަފެކެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން ކަމާގުޅޭ ފޯމް ފުރިހަމަ ކުރައްވާ މި އިދާރާއަށް ހުށަހެޅުމަށް ދެންނެވީމެވެ.

މަޤާމް:

މުނިސިޕަލް އެސިސްޓެންޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވޭޖް އެމްޕްލޯއިމަންޓް (01 އަހަރު ދުވަހަށް) ނަމަވެސް މަސައްކަތުގެ އެޕްރައިޒަލަށް ބަލައި އެއްއަހަރަށް ވުރެ ގިނަދުވަސް ނުވާ ގޮތަށް މުއްދަތު އިތުރު ކުރެވޭނެއެވެ.

މަޤާމުގެ ރޭންކް:

އެސް. އެސް 1

މަޤާމުގެ  ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

މުނިސިޕަލް ސަރވިސް ޔުނިޓް

މުސާރައާއި އެލަވަންސް:

މަސައްކަތް ކުރާ ގަޑިއަކަށް -/50 (ފަންސާސް ރުފިޔާ)

މުސާރާއާއި އެލަވަންސް އިން އުނި ކުރެވޭގޮތް:

މަސައްކަތަށް ޙާޟިރުވެ މަސައްކަތް ނުކުރާނަމަ ގަޑިއަކަށް ދޭންޖެހޭ -/50 (ފަންސާސް ރުފިޔާ) ދޭކަށް ނުޖެހޭނެއެވެ.  

އެހެނިހެން އެލަވަންސްތައް.

-

އިތުރު އިނާޔަތްތައް:

-  

މަސައްކަތް ކުރަންޖެހޭ ދުވަހާއި ގަޑި:

  1.   ހުކުރު ދުވަސް ފިޔަވައި ކޮންމެ ހަފްތާއެއްގެ 6 ދުވަހު

ދުވާލަކު 2 ގަޑީއިރު. (ހެނދުނު، ނުވަތަ ހަވީރު، ނުވަތަ ކައުންސިލްގެ އިދާރާއިން އަންގާ ގޮތެއްގެ މަތިން ކުރަންޖެހޭ މަސައްކަތްތައް ކުރުން)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޛު ކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޛު ކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން
  2. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޛު ކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށާއި ސްޕަވައިޒަރަށް ފުރިހަމައަށް ޖަވާބުދާރީވުން
  3. ގަބުރުސްތާނުގައި ހެދޭ ވިނަނޮޅުމާއި އަދި އެ ވިނަތައް މެޝިނުން ކޮށުމުގެ މަސައްކަތްތައް ކުރުމާއި ގަބުރުސްތާނުގައި ބޭނުން ކުރަންޖެހޭ ތަކެތި ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  4. ގަބުރުސްތާނުން އުފެދޭ ކުނި ރައްކާތެރި ކަމާއެކު ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް ކުރުން   
  5. ޕްރީސްކޫލް، ޣާޒީ ފުޓްބޯޅަ ދަނޑާއި ހުރަވީ ފުޓްބޯޅަދަނޑުގައި ހެދޭ ވިނަތައް މެޝިނުން ކޮށުމުގެ މަސައްކަތް ކުރުމާއި އެ ކުނި އުކާލުމާއި ގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
  6. ހިނަވާގެ ސާފުކޮށް އެކަމާގުޅޭ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ހިނަވާގޭގައި ހުންނަ ތަކެތި ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގައި އެހީތެރިވުން
  7. ހިނަވާގެއިން އުފެދޭ ކުނި ރައްކާތެރި ކަމާއެކު ބެލެހެއްޓުމާއި އެފަދަ ކުނި އުކާލުމަށް ނުވަތަ ނައްތާލުމަށް ކުރަންޖެހޭ މަސައްކަތް ކުރުން  
  8. ގަބުރުސްތާނާއި ހިނަވާގޭގައި ހުންނަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހަޢްލު ކުރުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވުން
  9. ޤަބުރުސްތާނުގެ ވަށާފާރު އާބަތުރަ ފިލުވުމުގައި އެހީތެރިވުން
  10. ގަބުސްތާނަށް ވަނުމަށް ހުންނަ ގޭޓްތައް ރަނގަޅަށް ބެލެހެއްޓުމާއި ދޮވެ ސާފު ކުރުމާއި ދަވާދު ލުމަށް ބޭނުންވާތަކެތި ދިނުމުން ދަވާދުލުމުގެ މަސައްކަތް ކުރުން
  11. ކައުންސިލުން ބާއްވާ އިވެންޓްތަކާއި ގުޅޭ ގޮތުންނާއި އިޖްތިމާޢީ މަސައްކަތްތައް ކުރުމާއި، ބައިވެރިވެ އެކަންކަމާބެހޭގޮތުން ކުރަންޖެހޭ މަސައްކަތްކުރުމާއި މުއައްޒަފުގެ އެޕްރައިޒަލާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން 
  12. ސަލާމާއި ޗުއްޓީގައި ހުންނަ މުވައްޒަފުގެ މަސައްކަތް ޙަވާލު ކުރުމުން، އެ މަސައްކަތްތައް ކުރުމާއި  ކައުންސިލްގެ އިދާރާގެ މުއައްޒަފުން އިސްނަގައިގެން ކުރާ މަސައްކަތްތަކުގައި ބައިވެރިވެ އެ ކަމެއް ކުރުން
  13. ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ދިމާވާ ބޮޑެތި ކަންތައްތަކާއި، ޚާއްޞަގޮތެއްގައި ޙަވާލުކުރެވޭ ޢާއްމުކޮށް ދިމާނުވާ ޒާތުގެ ބޮޑެތި މަސައްކަތްތަކުގަޔާއި، ކުއްލިގޮތެއްގައި ޙަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާ ގޮތަށް ފަރުވާތެރިކަމާއެކު ބަރާބަރަށް އެ މަސައްކަތްތައް ކުރުން
 
 
 
 
 
 
 
 
 
 
 
 

މަޤާމުގެ ޝަރުޠު:

  • ލިޔަން ކިޔަން އެނގުން.

ނޯޓް:  ލިޔަން ކިޔަން އެނގޭކަން ދެނެގަންނާނީ:

  • ސްކްރީނިންގ މަރުހަލާގައި ލިޔަން ކިޔަން އެނގޭކަން ކަށަވަރުކޮށް، ވަޒީފާއޮތް އިދާރާއިން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،
  • ލިޔަން ކިޔަން އެނގޭކަން ބަޔާންކޮށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ،
  • ގްރޭޑް 5 ނުވަތަ އެއަށްވުރެ މަތީ ގްރޭޑެއް ނިންމިކަން އަންގައި ދިނުމުގެ ގޮތުން ސްކޫލަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

ޕްރިފަރޑް ޑިސިޕްލިންތައް:

ނެތް

ކޯ ޑިސިޕްލިން: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

  • ފޮޅާ ސާފުކުރުން
  • ކްލެރިކަލް ސަޕޯޓް

ހުށައަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ކޮޕީ: (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް)
  4. ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ:
  5. ސްކޫލުގެ ލީވިންގ ސެޓްފިކެޓުގެ ކޮޕީ:
  6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 ނޮވެންބަރު 2022  ވަނަ ދުވަހުގެ 13:00 ގެ ކުރިން، އިހަވަންދޫ ކައުންސިލްގެ އިދާރާ އަށެވެ. މި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް:      [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 08 ނޮވެންބަރު 2022 އާއި 14 ނޮވެންބަރު އާއި ދެމެދު، ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޟިރުވުމަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި މަޤާމަށް އެދި ހުށައަޅާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަ ނަމަ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މައުލޫމާތު:

މި އިޢުލާނާއި ގުޅިގެން އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެ ލައްވާނަމަ ގުޅުއްވާނީ މިއިދާރާގެ ނަންބަރު  6500013 ފޯނާއެވެ. އަދި މެއިލް ކުރައްވާނަމަ މެއިލް ކުރައްވާނީ  [email protected] އަށެވެ. މެއިލް ކޮށްގެން  ފޮނުވާ ލިޔުންތަކާއި ފޯމާއެކު ހުށަހަޅުއްވާ ލިޔުންތައް އިހަވަންދޫ ކައުންސިލްގެ އިދާރާއަށް ލިބުނުކަން ކަށަވަރުކުރުމަކީ ފޯމް މެއިލް ކުރި ނުވަތަ ފޯމްފޮނުއްވި ފަރާތުގެ ޒިންމާއެކެވެ.

 

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

23 އޮކްޓޫބަރު 2022
ހޯދާ