ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
1 ވީލް ލޯޑާރ ގަންނަން ބޭނުންވެއްޖެ

                                                  ނަންބަރު:(IUL)391-EM/391/2022/46 

އިޢުލާނު

އަންދާސީހިސާބު ހުށަހެޅުމަށް

 

                   މި އިދާރާއަށް ބޭނުންވާ 01 ސެކަންޑް ހޭންޑް ވީލް ލޯޑަރ ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާނާއި ގުޅިގެން ބީލަން ކާމިޔާބު ކުރެއްވި ފަރާތުން ހުށަހެޅުއްވި ބީލަން ބާޠިލުކޮށްފައިވާތީވެ، މިކަމަށް ދެވަނަ ފަހަރަށް އިޢުލާން ކުރަމެވެ.

މި ވެހިކަލް ސަޕްލައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފު ކުރުމަށް 31 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 10:00 ގައި މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 07 ނޮވެމްބަރ 2022 ވާ ހޯމަ ދުވަހުގެ 09:55 އަށް މި މަސައްކަތުގެ އަންދާސީ ހިސާބު ހުށައެޅުއްވުމަށް ދަންނަވަމެވެ. ބީލަންތަށް ހުޅުވުން އޮންނާނީ 07 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 10:00 ގައި ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކުގެ ކުރިމަތީގައެވެ. ބީލަން ހުށައެޅޭނީ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވާ ފަރާތްތަކަށް އެކަންޏެވެ.

މިބީލަމުގައި ބައިވެރިވަޑައިގެންނެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫން 2014/18 ގެ ދަށުން އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު 2014/19 ގެ ދަށުން ވިޔަފާރިގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު 6780702 އަށް ގުޅުއްވުމަށް ދަންނަވަމެވެ. އަދި މިއިދާރާގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

-----------------------------------------------------------------------------------

26 އޮކްޓޯބަރ 2022

 

 

                                                     އިސްމާޢީލް އިބްރާހީމް    

                                                     ކައުންސިލްގެ ރައީސް    

26 އޮކްޓޫބަރު 2022
ހޯދާ