ދިވެހިރާއްޖެ
މިކަމާއި ގުޅޭގޮތުން ކުރެވުނު މިއިދާރާގެ ނަމަބްރ: (IUL)416-ESMSPR/416/2022/101 (04 ސެޕްޓެމްބަރ 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގަކީ އެކަށީގެންވާ އަގަކަށްނުވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
އަންދާސީ ހިސާބު ބޭނުންވެއްޖެ
ގދ. މަޑަވެލި ކައުންސިލްގެ އިދާރާއިން ފޯރުކޮށްދޭ މަޢުލޫމާތާއި އެއްގޮތަށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިމާރާތުގައި ކުރަންހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ތާރީޚާއި ގަޑިއަށް މިއިދާރާއަށް ޙާޟިރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތުން ޙާޒިރުވެވެން ނެތްނަމަ، ވެރިފަރާތުގެ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ސިޓީއެއް ފޮނުވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާންޖެހޭ ގަޑިއަށް ޙާޟިރުނުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމެއް ނޯންނާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
ތަން |
ވަގުތު |
ދުވަސް |
ތާރީޚް |
|
މަޑަވެލި ކައުންސިލްގެ މީޓިން ރޫމް |
10:00 |
ބުދަ |
02 ނޮވެމްބަރ 2022 |
މަޢުލޫމާތު ދިނުން |
10:00 |
އަންގާރަ |
08 ނޮވެމްބަރ 2022 |
ބީލަން ހުށަހެޅުން |
މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.