އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އއ.ފެރިދޫ ކައުންސިލަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

 


އިޢުލާން 

 އއ.ފެރިދޫ ކައުންސިލަށް ޕިކަޕެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

ޕިކަޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

 1.       މި ކައުންސިލަށް 2 ޓަނުގެ ޕިކަޕެއް ސަޕްލައި ކޮށްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ޕިކަޕް ސަޕްލައި ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 2022 އޮކްޓޯބަރ 31 ވަނަ ދުވަހުގެ 13:00 ގެ ކުރިން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވާ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އާއި އެކު މި ކައުންސިލްގެ އިދާރާއަށް ނުވަތަ މިކައުންސިލްގެ މެއިލް އެޑްރެސް [email protected] އަށް މެއިލްކުރައްވާ، 2022 ނޮވެމްބަރ 08 ވަނަ ދުވަހުގެ 10:00 އަށް މިކައުންސިލްގެ އިދާރާއަށް ދުރުވެ ތިރީގައި ހިއްސާ ކުރެވިފައިވާ މަޢުލޫމާތަށް ބަލައި ބިޑް ފޯމް ހުށަހެޅުމަށް ދަންނަވަމެވެ. އަދި އިސްވެދެންނެވުނު ގަޑީގައި ބިޑު ކެނޑުން ބިޑް ހުށަހެޅި ފަރާތްތަކުގެ ހާޟިރުގައި އޮންނާނެއެވެ.

 2.       ބޭނުންވާ އުޅަނދުގެ މަޢުލޫމާތު

ޕިކަޕް ( އެކެއް )

ޓަނޭޖް: 2 ( ދޭއް )

ބްރޭޑް: ޓޮޔޮޓާ، ނިސާން، އިސުޒު، މިޓްސަބްޝީ، މަޒްޑާ، ހިނޯ.

އުފެއްދި ތާރީޚް: 2015 ނުވަތަ 2015 އަށްވުރެ ފަސް

ޕަވަރގޭޓް (ޓެއިލް ލިފްޓަރ)

ކުލަ: ހުދު

އިންޖިން ކެޕޭސިޓީ: 3660 ސީސީ ނުވަތަ އެއަށްވުރެ މަތި

ހަކަތައިގެ ބާވަތް: ޑީސަލް

ޓްރާންސްމިޝަން ޓައިޕް: އޮޓޮމެޓިކް

ހުންގާނު ޕޮޒިޝަން: ކަނާތްފަރާތު ހުންގާނު

އޮރިޖިން: ޖަޕާން

ކޮންޑިޝަން: ރީކޮންޑިޝަން

އެއަރކޮންޑިޝަނަރ، ހީޓް ބްލޯވަރ، ކޮމް ސެޓް

ޑްރަމް ސައިޒް: 16

ރިއަރ ވީލް: ޑުއެލް

ފުރޮޅު: 7 ފުރޮޅު (ފަހަތްކޮޅުގައި 4 ފުރޮޅު، ކުރީކޮޅުގައި 2 ފުރޮޅު އަދި ރިޒާވް 1 ފުރޮޅު)

3.  އިތުރު މަޢުލޫމާތު  

*      މި ޕްރޮޖެކްޓްގައި ސަޕްލައިކޮށްދޭ ޕިކަޕް، އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލްގެ ނަމުގައި ރަޖިސްޓްރީ ކޮށްދޭން ވާނެއެވެ.

*      ރަޖިސްޓްރޭޝަނާއި ފުރަތަމަ އަހަރުގެ އަހަރީ ފީ ސަޕްލަޔަރ ދައްކައިދިނުން.

*     ޕިކަޕް އަރިއަތޮޅު އުތުރުބުރީ ފެރިދޫ ކައުންސިލާއި ހަމައަށް ޑެލިވަރކުރުން.

 4. ބިޑް ރަޖިސްޓްރޭޝަން

2022 އޮކްޓޫބަރ 31 ވާ ހޯމަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ، ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވާ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އާއި އެކު މިކައުންސިލްގެ އިދާރާއަށް ހުށަހަޅުއްވައިގެން ނުވަތަ މިކައުންސިލްގެ މެއިލް އެޑްރެސް  [email protected] އަށް މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

5. އަގު ހުށަހަޅަންވީ ގޮތް:

  1. އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.
  2. އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  3. ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ. 

 


 ވިޔަފާރީގެ ނަން

      ވިޔަފާރީގެ އެޑްރެސް

 

އއ.ފެރިދޫ ކައުންސިލްގެ އިދާރާއަށް ޕިކަޕެއް ފޯރުކޮށްދިނުން

އިއުލާނު ނަމްބަރު:

އަންދާސީ ހިސާބު ހުށަހަޅާ ތާރީހް:

އަންދާސީ ހިސާބު ހުށަހަޅާ ގަޑި:

 

އއ.ފެރިދޫ ކައުންސިލްގެ އިދާރާ

އއ.ފެރިދޫ ދިވެހިރާއްޖެ

 



6. ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް
: 

  1. ވިޔަފާރީގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ
  2. ވިޔަފާރީގެ ޕްރޮފައިލް ( މަޢުލޫމާތު ފޯމް ) މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ
  3. އަންދާސީ ހިސާބު ހުށަހަޅާ ފޯމް (މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާ )

  7. ޕޮއިންޓް ދެވޭގޮތުގެ ތަފްސީލު:

ޕޮއިންޓް ދިނުމުގައި ބަލާ މިންގަނޑު ތަކަކީ:

-        އަގު %75

-        މުއްދަތު %5

-       ތަޖުރިބާ % 5

-       ވޮރަންޓީ (މަދުވެގެން 01 އަހަރުގެ ވޮރަންޓީ އޮންނަންވާނެ އެވެ. 01 އަހަރާއި 02 އަހަރާއި ދެމެދުނަމަ، 5 ޕޮއިންޓް، 02 އަހަރު ނުވަތަ އެއަށްވުރެ އިތުރުނަމަ، 10 ޕޮއިންޓް) ވޮރަންޓީގެ މުއްދަތުގައި މަރާމާތު ކުރެވޭނެ ނުވަތަ ދޭނެ ޚިދުމަތްތައް ވޮރަންޓީ ލިޔުމުގައި ހިމަނަންވާނެއެވެ. މަދުވެގެން  12 މަސް ދުވަހުގެ ވޮރެންޓީ އޮންނަންވާނެއެވެ. ( 12 މަސްދުވަހަށް ވުރެ ކުރުމުއްދަތެއްގެ ވޮރެންޓީ އެއް ހުށަހަޅުއްވާފައިވާ ނަމަ އަންދާސީ ހިސާބު ބާޠިލް ވާނެއެވެ.

-       ވެހިކަލްގެ ޢުމުރު (2021 ވަނަ އަހަރުން މަތިނަމަ 5 ޕޮއިންޓް، 2018 ވަނަ އަހަރާއި 2021 ވަނަ އަހަރާއި ދެމެދު ނަމަ 3 ޕޮއިންޓް، 2015 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު 01 ޕޮއިންޓް)

- މުއްދަތު ގިނަވެގެން 4 މަސްދުވަހުގެ ތެރޭގައި ޑެލިވަރ ކޮށްދިނުން. ( 4 މަހަށް ވުރެ ދިގު މުއްދަތެއް ޖަހާފައިވާނަމަ ބިޑް ބާޠިލް ވާނެއެވެ.

  1. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު އަގުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުޑަ އަގަށެވެ.
  2. އަންދާސީހިސާބު އިވެލުއޭޓް ކުރާއިރު މުއްދަތުގެ ބެންޗްމާރކްގެ ގޮތުގައި ބަލާނީ އެންމެ ކުރު މުއްދަތެވެ.
  3. އަންދާސީ ހިސާބު އިވެލުވޭޓްކުރުމުގައި އެންމެ ދިގު ވޮރަންޓީ މުއްދަތު، ވޮރަންޓީގެ ބެންޗްމާކުގެ ގޮތުގައި ބަލާނެއެވެ.
  4. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  5. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑު ކޮމެޓީން ނިންމުމަށްފަހު، ބިޑު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.

 8.      އިތުރު މަޢުލޫމާތު ސާފުކުރުން

1. މި މަޝްރޫޢާއި ބެހޭގޮތޮން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 އޮކްޓޯބަރ 31 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected] 

2. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.

3. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ މިކަންއާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

26 އޮކްޓޫބަރު 2022
ހޯދާ