ދިވެހިރާއްޖެ
ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ އިދާރާ
ހދ.ނެއްލައިދޫ
ނަންބަރު: (IUL)263/263/2022/49
އިޢުލާން
އޮޑިހަރުގެތައް ނެގުމާގުޅޭ
ޢާއްމު ފަރާތްތަކުން އެކިއެކި ބޭނުންތަކަށް ރަށުގެ އެކި ސަރަޙައްދުތަކުގައި ހަރުގެ ހަދައިގެން ބޭނުންކުރަމުން ގެންދާކަން މިކައުންސިލަށް ފާހަގަކުރެވެއެވެ. ކައުންސިލްގެ ހުއްދަނެތި މިގޮތަށް ހަރުގެތައް ހަދައިގެން ބޭނުންކުރުމަކީ މަނާކަމެއްކަމުގައި އަންގަމެވެ. އަދި އެއްވެސް ފަރާތަކުން، ވިޔަފާރި އުޞޫލުން އޮޑިފަހަރު ބަނުން ފިޔަވައި، އޮޑިފަހަރު ބަނުމާއި މަރާމާތުކުރުމަށް ބޭނުންވާނަމަ މިކައުންސިލްގެ ނަންބަރު 2019/R-241 އޮޑިހަރުގެއާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން ކައުންސިލަށް ހުށަހައިގެން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.
ވީމާ، ކައުންސިލްގެ ހުއްދައާ ނުލައި ހެދިފައިވާ އެންމެހައި ހަރުގެތައް މިއަދުން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ނަގައި އެބިންތައް ސާފުކުރުމަށް ހަރުގެތައް އަޅާފައިވާ ފަރާތްތަކަށް އެންގުމަށް އިޢުލާން ކުރީމެވެ.
25 އޮކްޓޫބަރު 2022