މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މި މިނިސްޓްރީ އަށް ސައިކަލެއް ހޯދުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                                            

                                               ނަންބަރު: IUL10-F/10/2022/165

އިޢުލާން

 މި މިނިސްޓްރީ އަށް ސައިކަލެއް ހޯދުން

                 މި މިނިސްޓްރީގެ ދަށުން ހިންގަމުން ގެންދާ ނޭޝަނަލް ރީ-އިންޓަރގްރޭޝަން  ސެންޓަރުގެ ބޭނުމަށް މި މިނިސްޓްރީއަށް ސައިކަލެއް ވިއްކާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.      

ބީލަމުގައި ރަޖިސްޓްރީވެލެއްވުމާއި، މަޢުލޫމާތު ސާފުކުރެއްވުން

ބީލަމުގައި ރަޖިސްޓްރީވެލެއްވުމަށް 30 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން މި މިނިސްޓްރީގެ [email protected]  އީ-މެއިލް އެޑްރެހަށް އެފަރާތެއްގެ ކޮންޓެކްޓް ނަމާއި އެޑްރެހާއި ކޮންޓެކްޓް ނަންބަރާއި އަދި އީ-މެއިލް އެޑްރެސް ފޮނުއްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މި މުއްދަތުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބޭނުންވާފުޅުވާ މަޢުލޫމާތު 30 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިންގެ ކުރިން އެ ފަރާތަކުގެ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެވޭނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން އޮންނާނީ 06 ނޮވެމްބަރ 2022 ވާ އާދިއްތަ ދުވަހުގެ 09:00 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް، ވެލާނާގޭ 10 ވަނަ ފަންގިފިލާގައެވެ.

                ވީމާ، މި ބީލަމުގައި ބައިވެރިވެލައްވަން ޝައުގުވެރިވެލައްވާ ފަރާތްތަކުން 30 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ 10:00 ގެ ކުރިން ރަޖިސްޓްރީވެ، މަޢުލޫމާތު ކަރުދާސް ލިބިގަތުމަށް ފުރުޞަތު ހުޅުވާލަމެވެ. ބީލަމުގައި ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.  

                 

 

25 އޮކްޓޫބަރު 2022
ހޯދާ